Search Streamline Icon: https://streamlinehq.com

އެޑިއުކޭޝަން މިނިސްޓްރީން ސްކްރީން ރީޑިންގ ސޮފްޓްވެއަރ އެއް އިފްތިތާހުކޮށްފި

225582 3 39543b055275a0646e4c550451c68bc9ec2198c1 medium

”ޝާމިލް އަޑު“ގެ ނަމުގައި އެޑިއުކޭޝަން މިނިސްޓްރީން ސްކްރީން ރީޑިންގ ސޮފްޓްވެއަރ އެއް އިފްތިތާހުކޮށްފިއެވެ.

މިރަސްމިއްޔާތު ބޭއްވުނީ ހޮޓެލް ޖެންގައެވެ. މިއަދު ބޭއްވުނު ރަސްމިއްޔާތުގައި ސޮފްޓްވެއާ އިފްތިތާހުކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވުމުން އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީ ވިދާޅުވީ މިއީ ކިޔެވުމުގައި ހުރިހާ ކުދިން ވެސް ބައިވެރިކުރުވުމުގެ މަސައްކަތުގައި ކުރިއަށް އެޅުނު ފިޔަވަޅެއް ކަމަށާއި މިފަދަ ސޮފްޓްވެއާރ އެއް އުފެއްދުމުގެ ބޭނުމަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔެވުމުގައި ކުރިމަތިވާ ދަތިތަކަށް ހައްލު ކުރުން ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ސޮފްޓްވެއަރގައި ހިމެނޭ ފީޗާސްތަކަށް ބަލާލާއިރު:

  • ފޯނުގެ މެމަރީއާއި އެއްވަރަށް އެޕުން ބޭނުންކުރާ މިންވަރު ބަދަލުވުން
  • ދިވެހި އަދި އިނގިރޭސި ބަހުން ލިޔެފައި ހުންނަ ލިޔުންތައް ކިޔައިދިނުން
  • އޮފްލައިންކޮށް ބޭނުންކުރެވުން
  • ލިޔަމުންދާ ލިޔުންތައް ވަގުތުން ކިޔައިދިނުން
  • ގޫގުލް ޓޯކްބެކްގައި މަސައްކަތްކުރުން

ޖަވާބު ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ތަރައްގީކުރި މި ސޮފްޓްވެއާއަކީ 2024ވަނަ އަހަރާ ހަމައަށް އެކުލަވާލައިފައިވާ އެޑިއުކޭޝަން ސެކްޓާ ޕްލޭންގައި ހިމެނޭ ކަމެކެވެ.

މި ސޮފްޓްވެއާ އެޕް ސްޓޯރާއި، ޕްލޭ ސްޓޯރުގެ އިތުރުން ވިންޑޯސް އަދި އެންވީޑީއޭ ރީޑަރުންވެސް ޑައުންލޯޑުކުރެވޭނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *