Search Streamline Icon: https://streamlinehq.com

ކޮއްކޮމެން ޕްރީސްކޫލާއި އެކު އާކް ޕްރީސްކޫލަށް އިތުރު ކުރިއެރުން

1

ށ. ފުނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއިން ހިންގާ އަބްދުﷲ އަބްދުލްކަރީމް ޕްރީސްކޫލް(އާކް ޕްރީސްކޫލް) އާއި ކޮއްކޮމެން ޕްރީސްކޫލާއި އެކު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.

މިމަހުގެ 20 ވަނަ ދުވަހު ފުނަދޫ ކައުންސިލް އިދާރާގައި ބޭއްވި ރަސްމިއްޔާތުގައި ކޮއްކޮމެން ޕްރީސުކޫލްގެ ފަރާތުން އެމްއޯޔޫ(އެއްބަސްވުން) ގައި ސޮއި ކުރެއްވީ އެ ސުކޫލްގެ ޕްރިންސިޕަލް ޞާބިރާ އަހުމަދު އެވެ. އާކް ޕްރީސްކޫލުގެ ފަރާތުން ސޮއި ކުރެއްވީ ފުނަދޫ ކައުންސިލްގެ ސެކެޓްރީ ޖެނެރަލް އަޒްމާ އަހްމަދުއެވެ. އަދި އެއްބަސްވުން ހަވާލުކޮށްދެއްވީ ފުނަދޫ އ.ތ.މ ކޮމެޓީގެ ރައީސާ ފަރްޒާނާ އާދަމްއެވެ.

ފެންވަރު އޮންލައިން އަށް މައުލޫމާތު ހިއްސާ ކުރައްވަމުން ކޮއްކޮމެން ޕްރިސްކޫލްގެ ޕްރިންސިޕަލް ޞާބިރާ އަހުމަދު ވިދާޅުވީ މިއެއްބަސް ވުމުގެ ދަށުން މި ދެ ސްކޫލަށް ޢިލްމީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތުގެ ތެރެއިން ގިނަ މަސައްކަތްތަކެއް ކުރެވިގެންދާނެކަމަށެވެ. އެގޮތުން އިންސާނީ ވަސީލަތް ތަރައްޤީ ކުރުމާއި ފަންނީ ޤާބިލްކަން އިތުރުކުރުމަށް ސްކޫލްފެންވަރުގައި އާއި ޤައުމީ ފެންވަރުގެ އަދި މުސްތަޤްބަލްގައި ފުރުސަތުތައް ލިބޭ ވަރަކަށް  ބައިނަލްއަޤްވާމީ ފެންވަރުގައި  ތަމްރީންތައް ރާވާހިންގުމުގެ އިތުރުން ކަނޑައެޅޭ ވަކިއުސޫލްތަކެއްގެ ތެރެއިން ދެ މަދަރުސާގެ މުދައްރިސުން ތަޖްރިބާ ހޯދުމަށްޓަކައި ’އެކްސްޗޭންޖް ޕްރޮގްރާމް‘ ތަކަށް ފުރުސަތު ލިބިގެންދާނެކަމަށެވެ.

ޞާބިރާ އިތުރަށް ވިދާޅުވީ މިއެއްބަސްވުމުގެ ދަށުން ތުއްތުކުދިންގެ ހެދިބޮޑުވުމާ ތަރައްޤީއަށް ބިނާ ކުރުވަނިވި ގޮތެއްގައި ދެފަރާތުގެ މަޝްވަރާގެ ތެރެއިން ހިޔާލުބަދަލުކޮށް މަސަތްކަތް ކުރުމާއި ކުރިއެރުވުން ހިމެނޭކަމަށާ، އިސްލާމީ ތަރުބަވީ ތަރުބިއްޔަތުގެ ތެރެއިން ދަރިވަރުންގެ ތަޢުލީމާއި އުގެނުމުގެ ބިންގާ ހަރުދަނާ ކުރުމަށް ބޭނުންވާނެ އެންމެހާ ކަންކަން ދެފަރާތުންވެސް ހިއްސާކުރާނެކަމަށެވެ. އަދި ދަރިވަރުންގެ ކުރިމަގު ބައްޓަން ކުރުމަށްޓަކައި ’ޓީޗިންގ އެންޑް ލަރނިންގް މެޓީރިއަލްސް‘ ތަރައްޤީ ކުރުމާއި އުގަންނާއި ދިނުމަށް ބޭނުންކުރާނެ އާލާތްތަށް އަދި ވަސީލަތްތައް ހިއްސާކުރުން ހިމެނޭކަމަށްވެސް ވިދާޅުވިއެވެ.

ކޮއްކޮމެން ޕްރީސްކޫލަށް މިހާރުވަނީ ޤަތަރު ރޯޔަލް ކުރައުން ސްކޫލުން ޓީޗަރުން ތަމްރީން ކުރުމުގެ ފުރުސަތު ލިބިފައެވެ.

އާކް ޕްރީސްކޫލާއި އެކު ކޮއްކޮމެން ޕްރީސްކޫލުން ވެވުނު އެއްބަސްވުމުގެ ތެރެއިން ސްކޫލަށް ބޭނުންވާ ކަން ކަން ދެނެގަތުމަށާ، އަދި ކުރިމަގުގައި ހިންގުން ހަރުދަނާ ކުރުމަށް ފަންނީ އެހީ ދިނުމަށް، ކޮއްކޮމެން ޕްރީސްކޫލްގެ ޕްރިންސިޕަލް ޞާބިރާ އަޙްމަދު މިހަފްތާގައި މަސަތްކަތް ކުރައްވަމުން ގެންދަވަނީ އާކް ޕްރީސްކޫލްގައެވެ.

Leave a Reply

Your email address will not be published. Required fields are marked *