Search Streamline Icon: https://streamlinehq.com

”ފުނަރު 2022“ ވަރަށް ކާމިޔާބު

Funaru

ފުނަރު 2022 ވަރަށް ކާމިޔާބު ކަމާއި އެކު ނިންމާލައިފި އެވެ.

ހުޅުމާލެ‘ ޣާޒީ ސްކޫލުން އިންތިޒާމްކޮށްގެން އެ ސްކޫލްގެ ދަރިވަރުންނަށް އަމާޒުކޮށްގެން “ ފުނަރު  2022 “ ގެ ނަމުގައިބޭއްވި ޓެލެންޓް ޝޯއަކީ ދަރިވަރުންގެ މެދުގައި އެކުވެރިކަމާއި އެއްބާރުލުން އާލާކުރުމާއި ކަންކަމުގައި އިސްނަގަން ދަސްކޮށް ދިނުމުގެ އިތުރުން ދަރިވަރުންނަސް ހުނަރު އިތުރުކޮށް ދިނުމުގެ މަޣްޞަދުގައި ފުނަރު  2022 “ ގެ ނަމުގައި ޓެލެންޓް ޝޯއެކެވެ.

ޣާޒީ ސްކޫންގެ “ ފުނަރު 2022 “ ޓެލެންޓް ޝޯވް ގެ ތެރެއިން: ފޮޓޯ/ޣާޒީ ސްކޫލް

މިޝޯ ބާއްވާފައިވަނީ، މި ހިނގާ މާރިޗް މަހުގެ 23 ން 25 ށް ޣާޒީ ސްކޫލްގެ ހޯލްގައެވެ. މިޝޯގެ މައިގަނޑު މަގުޞަދަކީ ދަރިވަރުންގެ ކިބައިގައި ތަފާތު ހުނަރުތައް ކުރިއަރުވާ ތަރައްގީކުރުވުމުގެ އިތުރުން ދަރިވަރުންގެ ކެރުންތެރިކަން އިތުރުކޮށް، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ހަރުދަނާކުރުމެވެ.

ޣާޒީ ސްކޫންގެ “ ފުނަރު 2022 “ ޓެލެންޓް ޝޯވް ގެ ތެރެއިން: ފޮޓޯ/ޣާޒީ ސްކޫލް

މިޝޯ ކުރިއަށް ގެންގޮސްފައިވަނީ ދެ ދަންފަޅިޔަކަށް ބަހާލައިގެން ތަފާތު 45 އައިޓަމެއްގެ މައްޗަށެވެ. މިޝޯގައި ގްރޭޑް 10 ފިޔަވައި ހުރިހާ ގްރޭޑަކުންނާއި ފައުންޑޭޝަން އަދި ޖެމްސް ގެ ދަރިވަރުން ހަރަކާތްތެރިވެފައިވެއެވެ.

ޣާޒީ ސްކޫންގެ “ ފުނަރު 2022 “ ޓެލެންޓް ޝޯވް ގެ ތެރެއިން: ފޮޓޯ/ޣާޒީ ސްކޫލް

ޓެލެންޓް ޝޯއިން ޓިކެޓް ވިއްކައިގެން ލިބުނު ފައިސާ ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ ކުޑަކުދިންގެ ދުވަހުގެ ހަރަކާތްތަކަށެވެ. މީގެ އިތުރުން މި ޝޯ ހިނގަމުން ދިޔަ ވަގުތު ސްކޫލުގެ ޕީ.ޓީ. އޭ އިސްނަންގަވައިން ކެންޓީނެއް ހިންގާފައިވެއެވެ.  

Leave a Reply

Your email address will not be published. Required fields are marked *