ޣާޒީ ޖޯލިފަތީގެ ނަމުގައި ހުޅުމާލެ ޣާޒީ ސްކޫލްގެ އިންކްލޫސިވް ޑިޕާރޓްމެންޓު ( ޖެމްސް ) އިން އިސްނަންގަވައިގެން ޣާޒީ ޖޯލިފަތި ނަމުގައި ހަރަކާތެއް އިފްތިތާހު ކޮށްފިއެވެ. މިހަރަކާތް އިފްތިތާހު ކޮށްފައިވަނީ 29 މާރޗް 2022 ވީ އަންގާރަދުވަހުއެވެ. މިހަރަކާތް އިފްތިތާހު ކޮށްދެއްވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އެސިސްޓެންޓް ޕްރޮފެސަރ ޑރ. ފާތުމަތު ނިޝާން އާއި އިސްލާމިކު ޔުނިވަރސިޓިގެ ސީނިއަރ ލެކްޗަރާ ޑރ. މަރިޔަމް ޝަރީފެވެ.
މިހަރަކާތް އިފްތިތާހު ކޮށްދެއްވުމުގެ ގޮތުން މި ދެ ބޭފުޅުންވެސް ވަނީ އެބޭފުޅުންގެ ތަޖުރިބާއާއި މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

ޣާޒީ ޖޯލިފަތީގެ މައިގަނޑު މަގުޞަދަކީ ފުޅާ ދާއިރާއެއްގައި ލިބެންޖެހޭ މުހިއްމު މަޢުލޫމާތު ސްކޫލްގެ ހުރިހާ ފަރާތްތަކަށް ފަސޭހަކަމާއިއެކު، އެކުވެރި މާހައުލެއްގައި ފޯރުކޮށްދިނުމެވެ. މިހަރަކާތް އަމާޒުކުރެވެނީ ސްކޫލްގެ މެނޭޖްމެންޓް މެންބަރުންނަށާއި ޓީޗަރުންނަށް އަދި ބެލެނިވެރިންނަށާއި ދަރިވަރުންނަށެވެ.

މިހަރަކާތް ހިންގާނީ ޣާޒީސްކޫލްގެ އިންކްލޫސިވް ޑިޕާރޓްމެންޓްގެ ޓީޗަރުންނާ މެއިންސްޓްރީމްގެ ޓީޗަރުންގެ ތެރެއިން މިކަމަށް ޝާއުގުވެރިކަން ހާމަކުރާ ޓީޗަރުންނަށާއި، ލީޑިންގް ޓީޗަރުންނަށް އަދި ބެލެނިވެރިންނަށާއި މަތީގްރޭޑް ތަކުގެ ދަރިވަރުންނަށެވެ.











