އަވަށްޓެރި ސްރީ ލަންކާގައި ހާލުގައި ތިބި ދިވެހި އާއިލާތަކާއި ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ބޭނުން ނުވިއެވެ.
ހިންގަމުންދާ ހަމަނުޖެހުންތަކުގެ ތެރޭގައި ތިބި ދިވެހި ކިޔަވާ ކުދިންނާއި ދިވެހި އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދީ ދިވެހިންގެ ހާލު ބެލުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މަޖިލިހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ހުށަހެޅުއްވި ކުއްލި މައްސަލަ ވަނީ މަޖިލީހުގެ ތަޅުމުން ބޭރުކޮށްފައެވެ.
ލަންކާގެ އިޤްތިސާދީ އަދި އާންމު ހާލަތު ގޯސްވެ އެޤައުމުގައި މުޒާހަރާކޮށް ހަމަނުޖެހުންތައް ދަނީ އިތުރުވަމުންނެވެ. މިފަދަ ދަނޑިވަޅެއްގައި ލަންކާގައި ތާށިވެފައި ތިބި ދިވެހިންގެ ހާލު ބަލާލާ ދިވެހިންނަށް އެހީތެރިކަން ފޯރުކޮށްދެން ގޮވާލާ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައަށް ބަހުސް ކުރަން މަޖިލީހުގެ މެމްބަރުންގެ ވޯޓުން ފާހެއް ނުވިއެވެ.
މިހަމަނުޖެހުންތަކުގެ ސަބަބުން ލަންކާގެ ރައްޔިތުންނާއި ލަންކާގައި ދިރިއުޅެމުންދާ ގިނަ އަދަދެއްގެ ކިޔަވާ ކުދިން ދަނީ ގިނަ ދަތިތަކާއި ކުރިމަތިލަމުންނެވެ. އެގޮތުން ކަރަންޓާއި އެހެނިހެން އަސާސީ ހިދުމަތްތައް މެދުކެނޑި، އެ ގައުމުގައި ވަނީ ކާފިއު އިއުލާންކޮށްފައެވެ.
ލަންކާއަކީ ގިނަ އަދަދެއްގެ ކިޔަވާ ކުދިންނާ އަންހެނުންނާއި ގިނަ އަދަދެއްގެ އާންމުން ދިރިއުޅޭ ގައުމަކަށްވެފައި، ލަންކާގެ ހާލަތު ގޯސްވުމުގެ ސަބަބުން އެ ގައުމުގައި ދިރިއުޅޭ ދިވެހިންނަށް ވެސް ކެއުން ބުއިމަށް ބޭނުންވާ ތަކެތި ލިބުމުގައި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.
ކަރަންޓު ނެތުމުގެ ސަބަބުން ލިބޭ މަދު ކާއެތިކޮޅު ފަހަށް ރައްކާ ކުރެވޭނެ އެއްވެސް ގޮތެއް ނެތެވެ. އަދި މިނޫނަސް ގިނަ ދަތިތަކާއި ކުރިމަތިލާން ޖެހިފައިވެއެވެ.
މިފަދަ ހާލެއްގައި ރޯދަމަހަކު ދިވެހި އާއިލާތައް ތަހައްމަލް ކުރަންޖެހޭ ވޭން އިތުރެވެ.









