Search Streamline Icon: https://streamlinehq.com

ރައީސް ނަޝީދު އިންޑިއާއަށް

ރައީސް ނަޝިދު

ރައްޔިތުންގެ މަޖިލިހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ފުރާވަޑައިނަވައިފިއެވެ.

ރައީސް ނަޝީދުގެ މި ދަތުރުފުޅަކީ އިންޑިއާގައި ބާއްވާ ހަތް ވަނަ ރައިސިނާ ޑައިލޮގްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.

ރައިސީނާ ޑައިލޮގަކީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއާއި އޮގްޒާވާ ރިސާޗް ފައުންޑޭޝަން ގުޅިގެން ކޮންމެ އަހަރަކު ބާއްވާ ބައިނަލްއަޤްވާމީ ކޮންފަރެންސެކެވެ.

ރައްޔިތުންގެ މަޖިލީހުން ބުނީ މި ކޮންފަރެންސްގައި ރައީސް ނަޝީދު ބައިވެރިވެ ވާހަކަފުޅު ދެއްކެވުމަށް ހަމަޖެހިފައިވާކަމަށާ، އެގޮތުން މޫސުމަށް އަންނަ ބަދަލުތަކާއި ފާގަތި ދިރިއުޅުމާ ހުރި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާނެ ކަމަށެވެ. އަދި ޚާއްސަކޮށް ޤައުމުތައް ދަރަނިވެރިވުމާއި ދަރަނީގެ ސަބަބުން އެ ޤައުމުތަކުގެ ބިމުގެ މިލްކުވެރިކަން ގެއްލެމުންދިއުމާގުޅޭގޮތުން ވެސް ވާހަކަފުޅުދައްކަވާނެ ކަމަށް ވެސް މަޖިލީހުގެ އިދާރާއިން ބުންޏެވެ.

މަޖިލީހުން އިތުރަށް ބުނީ މަޖިލީހުގެ ރައީސް އިންޑިއާއަށް ކުރައްވައި މި ދަތުރުފުޅުގެ ތެރެއިން އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސްގެ އިތުރުން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރާއި އަދި އެ ޤައުމުގެ އިސް އޮފިޝަލުންނާއި ބައްދަލުކުރައްވާނެކަމަށެވެ.

މިކޮންފަރެންސް އޮންނާނީ މިމަހުގެ 25 ން 27 ށް އިންޑިއާގެ ނިއުދިއްލީގައެވެ.

Leave a Reply

Your email address will not be published. Required fields are marked *