Search Streamline Icon: https://streamlinehq.com

“އުފަންވާ ކޮންމެ ކުއްޖަކަށް ހަދިޔާއެއް“ ކެމްޕެއިނެއް އެސްޓީއޯއިން ފަށައިފި

Img md 202205031009171651554557.8353

އެސްޓީއޯއިން ހާމަކުރިގޮތުގައި މިކެމްޕެއިން މިހާރު ވަނީ ރާއްޖޭގެ ދެރަށެއްގައި ފަށާފައެވެ. އެގޮތުން ޏ.ފުވައްމުލަކު އަދި ހދ.ކުޅުދުއްފުށީގައި މިކެމްޕެއިން ވަނީ ފަށާފައެވެ. ކުޅުދުއްފުށީގައި މި ކެމްޕެއިން ފަށާފައި ވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައެވެ. އަދި ފުވައްމުލަކުގައި ވެސް މި ކެމްޕެއިން ފަށާފައި ވަނީ އެ ރަށު ހޮސްޕިޓަލުގައެވެ.

މިފަދަ ކެމްޕެއިނެއް ހިންގުމުގެ މައިގަނޑު މަޤްސަދަކީ ދަރިޔަކު ލިބުމުގެ އުފަލުގައި ބައިވެރިވެ މަރުހަބާ ކިޔުން ކަމަށާއި އަމާޒަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މި ކެމްޕެއިން ކުރިއަށް ގެންދިއުން ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.

އެސްޓީއޯ އިން ދެ ހަދިޔާގައި ހިމެނެނީ ތުއްތު ދަރިފުޅަށް ބޭނުންވާ ސާމާނުތަކެވެ. އެގޮތުން ތުއްތު ދަރިފުޅު ރީތި ވުމަށް ބޭނުންވާ ސާމާނާއި އުފަންވާ ކުއްޖާއަށް ބޭނުންވާ ޒަރޫރީ ސާމާނު ހިމެނެއެވެ.

މިއީ ރައްޔިތުންގެ ކުންފުނިން ރައްޔިތުންގެ ހިތްތަކަށް އުފާވެރިކަން ގެނެސް ދިނުމަށް ކުރިއަށް ގެންދާ ކެމްޕެއިނެކެވެ. އެސްޓީއޯއަކީ މި މުޖުތަމައުއަށް ބޭނުންވާ ގިނަ ގުނަ ކަންކަން ފުރިހަމަ ކޮށް ދިނުމަށްޓަކައި ރައްޔިތުންނާ ގާތުން މަސައްކަތް ކުރަމުން އަންނަ ކުންފުންޏެކެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *