Search Streamline Icon: https://streamlinehq.com

ޓީޗަރުންގެ މުސާރަ ބޮޑުކުރުމާއިއެކު، ސިއްޙީ ހުދުމަތްތެރިންގެ ހައްޤުތަކުގެ އަޑު

FRrQkMzaUAEr9p
Advertisement

ރައީސުލް ޖުމްހޫރިއްޔާގެ ވައުދު ފުޅާއި އެއްގޮތަށް ޓީޗަރުންގެ މުސާރަ ބޮޑު ކުރިކަން އިއުލާން ކުރުމާއި ވިދިގެން ޝޯޝަލް މީޑިއާގެ އަޑު ގަދަވިއެވެ. އެއްބަޔަކު އެކަމަށް މަރުހަބާ ކިޔެވެ. އަނެއްބަޔަކު ހޭބޯނާރާ ސަރުކާރަށް އަތްޖަހަމުން ޝުކުރުގެ ސަނާތަށް ސޯޝަލް މީޑިއާއަށް ބަންޑުންކޮށްލިއެވެ. އަނެއްބަޔަކު އުފާފާޅުކުރުމާއިއެކު ކަންބޮޑުވުންތައްވެސް ހުރިކަން ފާޅުކުރިއެވެ. އޭގެ ތެރެއިން އެންމެ އަޑުގަދަވެގެން ދިޔައީ ކުރިންވެސް އިވެމުންދިޔަ، އެހެން ނަމަވެސް މިހާރު ފަޑުވަމުން އަންނަ އަޑެކެވެ. ޤައުމުގެ މުހިންމު ހިދުމަތްތެރިންތަކެއްގެ އަޑެވެ. ކޮވިޑްގެ ނުރައްކާތެރި ހާލަތުގައި ފުރާނަ އަތްމައްޗަށް ލައިގެން ޤައުމަށްޓައި، އިންސާނިއްޔަތަށްޓައި ތެދުވި ސިއްޙީ ދާއިރާގެ އަޑެވެ.

ކޮވިޑްގެ ނުރައްކާތެރި ވިލާގަނޑު މި ދިވެހި ރާއްޖެއަށް އަދިރި އަޅާލި ހިސާބުން ސިއްޙީ ދާއިރާގެ މީހުން ވަނީ އަމިއްލަ އުފާތަށް ޤުރުބާންކޮށް ރައްޔިތުންގެ ހައްޤުގައި އަތުކުރި އޮޅާލާ ތެދުވެފައެވެ. މިއީ ހަމަ ކޮންމެ މީހަކުވެސް ދެބަސް ނުވާނެ ހަގީގަތެކެވެ. އޭރު އެބައިމީހުން ނިކުމެ ކުރި މަސައްކަތުގެ ހައްޤު އަދިވެސް ނުލިބޭ އެތައް ބަޔަކު އެދާއިރާގައި ތިބިކަން ފާހަގަކޮށް ކަންބޮޑުވުން އައީ އަބަދުވެސް ފާޅުކުރަމުންނެވެ. އެހެން ނަމަވެސް ޓީޗަރުންގެ މުސާރައަށް ގެނައި ހެޔޮ ބަދަލާއި އެކު އެ އަޑު ، އެވާހަކަތަށް ގަދަވީ، ބަޔަކަށް އެއްޗެއްދިނުމުން އެކަމާ، ހިތްހަމަ ނުޖެހިގެންނޫންނެވެ. ލިބެންޖެހޭ އެއްޗެއް ނުލިބި އޮތުމުންނެވެ.

ޕަބްލިކް ހެލްތު މާސްޓާރ ޑިގްރީގައި 5610ގެ މުސާރައެއްގައި މަސައްކަތް ކުރޭ، އޮނިގަނޑު ހަދަނީޔޭ ބުނާތާ 22 އަހަރު. ނިމިއްޖެޔޭ ބުނިފަހުން ވެސް 7 އަހަރު. ޞިއްޙީ ދާއިރާގެ 13 ވަރަކަށް ދާއިރާގެ މުޢައްޒަފުންގެ ހައްގުތަށް ވަނީ ނިގުޅައިގެންފައި.

ސިއްޙީ ހިދުމަތްތެރިއެއް.

ސިއްހީ ދާއިރާގެ ބޭފުޅުން ބުންނީ ޓީޗަރުންނަށް ރަގަޅު ހެޔޮ ބަދަލެއް އަންނާޓީ ކަންބޮޑުވަނީ ނޫންކަމަށޤ، އެމީހުންގެ ކަންބޮޑުވުމަކީ ޓިޗަރުންނެކޭ އެއްފަދައިން އެބައި މީހުންނަކީ ވެސް މުހިންމު ބައެއްކަމަށް ސަރުކާރުން ބުނަމުން އަންނައިރު އެކަން އަމަލުން ނުފެންނާތީ ކަމަށެވެ.

ސިއްޙީ ދާއިރާގައި މަސައްކަތް ކުރާ މީހުންގެ ކަންބޮޑުވުންތައް މިފަދައިން ހުރިއިރު، ޓީޗަރުންގެ މުސާރަ އަށް ގެނައި ބަދަލަކީ ފެށުމެއްކަމަށާ، ހުރިހާ ދާއިރާއަކަށްވެސް ހެޔޮ ބަދަލުގެންނާނެކަމަށް ރައީސުލް ޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

ކޮންމެއަކަސް މި ކަންބޮޑުވުންތަކުގެ އަޑު ކެނޑިގެންދާނީ ހަމަހަމަ އުސޫލަކުން ހުރިހާ ފަރާތްތަކުގެ ހައްގު އަދާކޮށްދީގެންނެވެ.

Advertisement

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި