Search Streamline Icon: https://streamlinehq.com

ނަހުލާ ޕީޕީއެމް އިން ވަކިކޮށްފި

Nahla

ވިލިމާލޭ ދާއިރާގެ ކައުންސިލް މެންބަރު ނަހުލާ އަލީ ޕީޕީއެމް އިން ވަކިކޮށްފިއެވެ..

އޭނާ ޕާޓީން ވަކިކޮށްފައިވާކަން މި ނޫހަށް ވަނީ ޕާޓީއިން ކަށަވަރުކޮށްދީ މާލެ ސިޓީ ކައުންސިލް މެންބަރ އަޙްމަދު ނަރީޝް ވިދާޅުވީ ނަހުލާ ޕާޓީ އިން ވަކި ކުރީ މިރޭ ބޭއްވި ސުލޫކީ ކޮމެޓީގެ ބައްދަލުވުމުގައި ކަމަށެވެ.

މައުލޫމާތު ލިބިފައިވާގޮތުން ސުލޫކީ ކޮމެޓީން އޭނާގެ މައްސަލަ ބަލަންފެށީ ޕާޓީގެ އާންމު މެންބަރުން ގާތުގައި އާއި، ސޯޝަލް މީޑިއާގައި ޕާޓީގެ ލީޑަޝިޕް ބަދުނާމުކޮށް ހަގީގަތާއި ހިލާފު ދޮގު ވާހަކަ ފަތުރާތީއެވެ. އަދި އޭނާ މާލޭ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ވިލިމާލޭ ދާއިރާގެ ބައި-އިލެކްޝަންގައި ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރައްވާ ކެންޑިޑޭޓަށް އެންޓި ކެމްޕެއިންކޮށް، އެމްއެންޕީގެ ކެންޑިޑޭޓަށް ވޯޓު ހޯދުމުގެ މަސައްކަތްތަކެއް ކުރައްވާކަމުގެ މައުލޫމާތާއި ހެކި ލިބިގެންނެވެ.

ވިލިމާލޭ ދާއިރާގެ ކައުންސިލް މެންބަރު، މެންބަރުކަން ލިބުނު ހިސާބުންވެސް ޕާޓީގެ ލީޑާޝިޕްއަށް އެކި ގޮތްގޮތުން ތުހުމަތުތައް އައީ ކުރަމުންނެވެ. އެގޮތުުން މޭޔަރު އެއްބާރުލުން ނުދެއްވާކަމަށާ، ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާގެ މެންބަރު ޝުޖާއު އެކި ގޮތްގޮތުން ބިރުދައްކާ، ޕާޓީން ވަކި ކުރާނެ ކަމުގެ އިންޒާރު ދޭކަމަށް ވެސް އޭނާ އައީ ތުހުމަތު ކުރަމުންނެވެ. މިކަންކަމާއި ގުޅިގެން ޕީޕީއެމުން ބުނަމުން އައީ ނަހުލާ ހައްދަވަނީ ދޮގުކަމަށެވެ. އަދި ނަހުލާގެ އަންނަނީ ޕާޓީގެ ލީޑަރޝިޕާއި ގުޅޭގޮތުން އާމުންގެ މެދުގައި ނުތަނަވަސްކަން އުފައްދާ ފިތުނަ އުފެދޭގޮތަށް އަމަލުތައް ބަހައްޓާފައިކަމަށެވެ. އެހެންކަމުން ސުލޫކީ މައްސަލައެއް ބަލަމުން އަންނަކަމަށް ވެސް ޕީޕީއެމުން ވަނީ ކުރިން ބުނެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *