މ. ކޮޅުފުށީ ކައިރިން ދެދޯނި ދޭތެރޭ ފިތި ދިވެއްސަކު ނިޔާވެއްޖެއެވެ.
ފުލުހުން ބުނީ މ. ކޮޅުފުށީ ކައިރިން ދެ ދޯންޏެއް ކައިރިކޮށްގެން އުޅެނިކޮށް ދެ ދޯނީގެ ދޭތެރެއަށް މީހަކު ފިތިގެން މިއަދު ހަވީރު 4:41 ގައި ފުލުހުންނަށް ރިޕޯޓް ލިބިފައިވާކަމަށެވެ.
މި ހާދިސާގައި އަނިޔާވި މީހާ މުލި ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރުން ނާ ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ.
މި ހާދިސާގައި ނިޔާވެފައިވަނީ ދިވެހި ފިރިހެނެކެވެ.









