Search Streamline Icon: https://streamlinehq.com

ކުޑަ ކުއްޖަކަށް އަނިޔާކުރާ ވީޑިއޯ: އަނިޔާކުރީ އަންހެންކުއްޖެއްގެ މައްސަލައިގަ!

މިލަނ

މިއަދު ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯ އިން ފެންނަނީ ފުރާވަރުގެ ކުއްޖަކަށް ވަލުތެރޭގައި އަނިޔާކުރާ މަންޒަރެވެ.

ވީޑިއޯ އިން ފެންނަނީ ފުރާވަރުގެ ކުދިންތަކެއް ވެގެން ހަމަ އެ އުމުރުގެ ކުއްޖަކަށް އަނިޔާކުރާ މަންޒަރެވެ. އަދި އެކުއްޖާ ރޯ އަޑުވެސް އިވެއެވެ. ކައިރީގައި ތިބި ކުދިން އެކުއްޖާ އާދިމާލަށް އެއްޗެހިޔާ އަޑުވެސް އިވެއެވެ. އެހެން ނަމަވެސް އަނިޔާ ކުރަނީ ކީތްވެކަމެއް ވީޑިއޯއަކުން ނޭންގެއެވެ.

މި ނޫހާއި ވާހަކަ ދެއްކި މިލަންދޫ މީހަކު ބުނީ އަނިޔާ ކުރީ ފުރާވަރުގެ ދެކުދިންގެ ދެމެދުގައި ޖެހުނު އަންހެން ކުއްޖެއްގެ މައްސަލައިގައިކަމަށެވެ.

މައްސަލަ ޖެހުނީ 14 އަހަރުގެ ކުއްޖަކާއި 15 އަހަރުގެ ކުއްޖަކާއި ދެމެދު. ބިޓެއްގެ މައްސަލައެއްގަ ކަމަށްވަނީ، އަނިޔާ ކުރަނީ 15 އަހަރުގެ ކުއްޖާ 14 އަހަރުގެ ކުއްޖާއަށް.

މިލަންދޫ ރައްޔިތެއް

އެމީހާ އިތުރަށް ބުނީ އެ މައްސަލަ މިހާރު އަނިޔާ ލިބުނު ކުއްޖާގެ އާއިލާގެ ފަރާތުން ފުލުހަށް ހުށައަޅާފައިވާކަމަށެވެ. އަދި އެ މައްސަލައިގައި ޝާމިލްވި ހުރިހާ ކުދިންނަކީ ވެސް ސުކޫލްގެ ސްކައުޓް ކުދިންކަމަށާ، އެކުދިންނަށް ސުކޫލުންވެސް ފިޔަވަޅު އަޅާފައިވާކަމަށް މައުލޫމާތު ލިބޭކަމަށެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *