Search Streamline Icon: https://streamlinehq.com

އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބު ސެޕްޓެމްބަރު 25 ގައި

MDP

ފަސްކޮށްފައިވާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ދާއިރާތަކުގެ އިންތިހާބުގެ ވޯޓުލުން އަންނަ ސެޕްޓެމްބަރު މަހު 25 ގައި ބޭއްވުމަށް އެމްޑީޕީ އިން ނިންމައިފި އެވެ.

ވެރިކަން ކުރާ މައިޕާޓީ އެމްޑީޕީން އެޕާޓީގެ އެތެރޭގެ އިންތިހާބު ފަސްކުރަން ނިންމާފައިވަނީ، އެމްޑީޕީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް‘ ރައީސް މުޙަންމަދު ނަޝީދު އަށް ނުރައްކާތެރި ޓެރަރިސްޓް ހަމަލާއެއްދިނުމާއި ގުޅިގެން އެމަނިކުފާނުގެ ޙާލުކޮޅު ސީރިއަސްވުމާއި ގުޅިގެން ނެވެ. މި ޙަމަލާއި ގުޅިގެން ރައީސް ނަޝީދަށް ފަރުވާދެމުން ގެންދާ މިދަނޑިވަޅުގައި އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބު ބޭއްވުމުގެ މަސައްކަތައިގެން ކުރިއަށް ގޮސް އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވާ ތާރީޚު (29 މެއި 2021) ގައި އެ އިންތިޚާބު ބޭއްވުމަކީ ރަނގަޅު ކަމެއް ކަމުގައި ނުފެންނާތީ އެވެ.

މި އިންތިހާބުގައި އެމްޑީޕީގެ 455 މަގާމަށް މީހުން އިންތިހާބު ކުރުމަށް ހުޅުވައިލި އެވެ. ވޯޓުލުމުގެ ޙައްޤު،  އެމްޑީޕީގެ ދަފުތަރުގައި ހިމެނޭ 93،354 މީހަކަށް ލިބޭނެ އެވެ.

 29 މެއި 2021 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބު އެތާރީޚުގައި ނުބާއްވައި ފަސްކުރުމަށް ނިންމައި އެކަން އެޕާޓީން އިއުލާނު ކޮށްފައިވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *