Search Streamline Icon: https://streamlinehq.com

އުކުޅަހާއި މުލިން ދެ މީހަކު ހައްޔަރުކޮށްފި

Police Masthuvaa

މަސްތުވާ ތަކެތީގެ މައްސަލަތަކެއްގައި ދެމީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ މި ދެމީހުން ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އއ. އުކުޅަހާއި، މ. މުލީގައި ހިންގި އޮޕަރޭޝަނެއްގައި ކަމުގައެވެ.

އެ އޮޕަރޭޝަންތަކުގެ ތެރެއިން، މެއި 15 ވަނަ ދުވަހު ހިންގި އޮޕަރޭޝަނަކީ މާލެއިން އއ. އަތޮޅަށް ދަތުރުކުރަމުންދާ ލޯންޗަކުން މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. ރަސްދޫ ފުލުހުންނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި، އެ ލޯންޗުން ފޭބި 30 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވެއެވެ. އަދި އޭނާ ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.

މުލީގައި މެއި 15 ވަނަ ދުވަހު ހިންގި އޮޕަރޭޝަނަކީ މާލެއިން މުއްޔަށް ދަތުރުކުރަމުންދާ ލޯންޗަކުން މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މުލީ ފުލުހުންނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި 33 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވެއެވެ. އެ އޮޕަރޭޝަނުގައި އެރަށު ބަނދަރު ސަރަހައްދުން އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.

މި މައްސަލަތައް ފުލުހުން ގެންދަނީ ތަޙްޤީޤީގު ކުރައްވަމުންނެވެ.

1 ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *