Search Streamline Icon: https://streamlinehq.com

ކެޔޮދޫގައި ދިރިއުޅޭ 6 އަހަރާ 17 އަހަރާ ދެމެދުގެ ކުދިންނަށް ބައިވެރި ވެވޭނެ: އަލިކާ

Alika Sports fenvaruonline.jpg (2)

އަލިކާ ސްޕޯޓްސް އެކަޑަމީގެ ނަމުގައި ފުޓްބޯޅަ އެކަޑަމީއެއް ޤާއިމްކޮށް ވ. ކެޔޮދޫގައި ދިރިއުޅޭ ޢުމުރުން 6 އަހަރާއި، 17 އަހަރާ ދެމެދުގެ ދެ ޖިންސުގެ ކުދިންނަށް އަމާޒުކޮށް ފުޓްބޯޅަ އެކަޑަމީއެއް ހިންގުމަށް ނިންމަވާފައިވާކަމުގައި އަލިކާ ސްޕޯރޓްސްގެ ސްޕޯރޓްސް ޕާސަން ޢަލީ ވަޙީދު (އަލިކާ) ވިދާޅުވެއްޖެއެވެ.

އަލިކާ ވިދާޅުވީ ކެޔޮދޫގައި ފެށުމަށް ހަމަޖެހިފައިވާ ފުޓްބޯޅަ އެކަޑަމީގެ ހަރަކާތްތައް އަންނަ ސެޕްޓެމްބަރ މަހު ފަހުކޮޅު ފެށޭވަރުވާނެ ކަމަށާއި، ކެޔޮދޫގައި ހިންގާ މި ޕްރޮގުރާމަކީ ކާމިޔާބު ޕްރޮގުރާމަކަށް ވެގެން ދާނެކަމަށް އުންމީދު ކުރައްވާ ކަމުގައެވެ.

ފެންވަރު އޮންލައިން‘ އަށް މަޢުލޫމާތު ދެއްވަމުން އަލިކާ ވިދާޅުވީ އަލިކާ ސްޕޯރޓސް އިން ވ. ކެޔޮދޫގައި ހިންގުމަށް ހަމަޖެހިފައިވާ މި ޕްރޮގުރާމަކީ ކެޔޮދޫގައި ދިރިއުޅޭ ޢުމުރުން 6 އަހަރުން ދަށުގެ ދެޖިންސުގެ ކުދިންނަށާއި 17 އަހަރުން ދަށުގެ ދެޖިންސުގެ ކުދިންނަށް އަމާޒުކޮށް ދެ ކެޓަގަރީއަކަށް ބަހާލައިގެން ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެއް ކަމުގައެވެ. އަދި މި އެކަޑަމީގައި ކެޔޮދޫގައި ދިރިއުޅޭކޮންމެ ކުއްޖަކަށްވެސް ބައިވެރިވުމުގެ ފުރުޞަތު ލިބިގެން ދާނެކަމަށްވެސް އަލިކާ ވިދާޅުވިއެވެ.

”މިޕްރޮގުރާމަކީ ކެޔޮދޫގައި ދިރިއުޅޭ ދެޖިންސުގެ ކުދިން ފުޓްބޯޅައަށް އަހުލުވެރިކުރުވުމަށާއި، ޅަ ޢުމުރުގައި އެކުދިންނަށް ފުޓްބޯޅަ ކުޅުމުގެ ހުނަރު އިތުރު ކޮށްދިނުމަށް ހިންގާ ޕްރޮގުރާމެއް. ކެޔޮދޫގައި ހިންގުމަށް ހަމަޖެހިފައިވާ މި އެކަޑާމީގެ ސަބަބުން އެކުދިން ތަމްރީނުކޮށް ނިމޭ އިރު އެކުދިންނަކީ ރާއްޖޭގެ ޤައުމީ ޓީމަށް ކުޅޭގެ ފެންވަރު ހުރި ކުދިންނަށް ވެގެންދާނެ. އަލިކާ ވިދާޅުވިއެވެ.

އަލިކާ ވިދާޅުވީ ކެޔޮދޫގައި މި އެކަޑަމީގެ ތަމްރީތުތައް ފެށިގެން ދިޔަ ނަމަވެސް ވ. އަތޮޅުގެ ހުރިހައި ރަށަކަށް ހުޅުވާލައިގެން ކުރިއަށް ގެންދެވޭނެ ދުވަހެއް މާ ލަސްތަކެއްނުފެ ފެނިގެން ދިއުމަކީ އަލިކާ ސަޕޯޓްސްގެ އަޒުމާއި އުންމީދު ކަމުގަ އެވެ.

މީގެ ކުރިން އަލިކާ ވަނީ އެކި ޢުމުރު ފުރައިގެ ކުދިންނަށް އަމާޒުކޮށް ރާއްޖޭގެ ވަރަށް ގިނަ ރައްރަށުގައި ފުޓްބޯޅަ ތަމްރީނު ޕްރޮގްރާމް ތައް ހިންގާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި