ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕަރސަންގެ މަޤާމަށް މިޢްވާން މުޙައްމަދު ޢައްޔަން ކުރައްވައިފި އެވެ.
ފޮރިން މިނިސްޓްރީގެ ކޮމިޔުނިކޭޝަން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ޏ.ފުވައްމުލައް، މާލެގަން. މެލޯ މިއުވާން އެމަގާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރެއްވީ ރައީސް އޮފީހުގެ ތަރުޖަމާނަކަށް މީގެކުރިން ހުންނެވި މުހައްމަދު މަބުރޫކް އަޒީޒް އެމަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.
މިބަދަލާ ގުޅިގެން، ފެށިގެން ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ފަރާތުން ޚަބަރާއި މަޢުލޫމާތު ހޯދުމަށް ގުޅުއްވަންޖެހޭ ފަރާތަކީ، މިޢްވާން މުޙައްމަދެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕަރސަންގެ މަޤާމަށް މިޢްވާން މުޙައްމަދު ޢައްޔަންކުރެއްވުމުގެ ކުރިން މިޢްވާންވަނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޑިރެކްޓަރ ކޮމިއުނިކޭޝަންގެ މަޤާމު އަދާކުރައްވާފައެވެ.









