Search Streamline Icon: https://streamlinehq.com

ފުލުހުންގެ ތަޙްޤީޤަށް ރާއްޕެ ހޯދަން އިޢުލާނު ކޮށްފި

Ibrahim Rafiu Raappe MDP

ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ކުރީގެ މުޝީރު އިބްރާހިމް ރާފިޢު (އެމްޑީޕީ ރާއްޕެ) ތަހުގީގު ކުރަމުންދާ މައްސަލައިގެތަޙްޤީޤަށް ހާޒިރުވުމަށް އަންގައި އިޢުލާނުކޮށްފިއެވެ.

ފުލުހުން ހާމަކުރެއްވި ގޮތުގައި ރާއްޕެ ހޯދުމަށް ފުލުހުން އިޢުލާނު ކުރައްވާފައިވަނީ ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަޙްޤީޤު ކުރަމުންދާ މައްސަލައިގެ ތަޙްޤީޤަށް ޙާޒިރުކުރުމަށް ބޭނުންވެ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުންނެވެ. އަދި ތަޙްޤީޤަށް ޙާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީއާއި އޭނާ އުޅޭ ވަކިތަނެއް އެނގިފައިނުވާތީއެވެ.

”ޖިނާއީ މައްސަލަތައް ތަޙްޤީޤު ކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ޤަވާޢިދުގެ 27 ވަނަ މާއްދާގައިވާގޮތުގެ މަތިން ތަޙްޤީޤަށް ޙާޒިރުވުމަށް އަންގައި އިއުލާނުކުރަމެވެ.“

ހާޒިރުވާންވީ ފަރާތުގެ ފުރިހަމަ ނަމާއި އެޑްރެސް އަދި އުމުރު:  ރ. މީދޫ/ ހަކީމީގެ، އިބްރާހިމް ރާފިޢު (54އ)

އައިޑީކާޑު ނަންބަރު: A104997

ހާޒިރުކުރެވޭ ހައިސިއްޔަތު: މައްސަލައާ ގުޅިގެން ސުވާލުކުރުމަށް/ މަޢުލޫމާތު ސާފުކުރުމަށް

ހާޒިރުވާންޖެހޭ ތަނާއި ތާރީޚާއި ގަޑި:  ޝަހީދު ޙުސައިން އާދަމް ބިލްޑިންގ، 2022 ސެޕްޓެމްބަރު 11 ވަނަ ދުވަހުގެ 14:00 އަށް،

މިމީހާއާ ބެހޭ އެއްވެސް މައުލޫމާތު ލިބިފައިވާނަމަ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9911099 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށްވެސް ފުލުހުން ވަނީ އެދިލައްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *