މުދަލާއެކު ދަތުރުކުރަމުން ދިޔަ ބޯޓެއް ބަންޑުން ޖަހާލާ އެކަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
މައުލޫމާތު ލިބޭ ގޮތުގައި މާލެއިން ފުރައިގެން އައްޑޫއަށް ދަތުރުކުރަމުން ދިޔަ ”ލިއޯ ސަކްސެސް“ ނަމަކަށް ކިޔާ ބޯޓު ދާދި ދެންމެޔަކު ގދ.ފަރެސްމާތޮނޑާ ކައިރިން ބަންޑުން ޖަހާލައިފިއެވެ.
މިބޯޓުން ދަތުރުކުރި މީހުންގެ ތެރެއިން އެކަކު ގެއްލިގެން ހޯދަމުންދާއިރު މިވަގުތު ކުރަމުންދަނީ ބޯޓުގެ ފަޅުވެރިން ސަލާމަތްކުރުމުގެ މަސައްކަތެވެ.
ގެއްލިގެން ހޯދަމުން ދަނީ ބިދޭސީ މީހެކެވެ. ބޯޓުން ދަތުރުކުރަމުން ގެންދިޔައީ 2 ދިވެހިންނާއި 3 ބިދޭސީންނެވެ.









