Search Streamline Icon: https://streamlinehq.com

ކައުންޓާ ޓެރަރިޒަމް އޮޕްރޭޝަންގައި 13 މީހަކު ހައްޔަރުކޮށްފި

Police

ކައުންޓާ ޓެރަރިޒަމް އޮަޕަރޭޝަންގައި ރާއްޖޭގެ 3 ސަރަހައްދަކުން 13 މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ ކައުންޓަާ ޓެރަރިޒަމް އޮޕަރޭޝަނުގައި މާލެ ސިޓީ، އައްޑޫ ސިޓީގެ އިތުރުން ކ.ގުރައިދޫއިން 13 މީހަކު އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށާއި މި އޮޕަރޭޝަން އަދި ނުނިމޭ ކަމަށެވެ.

ސިފައިންނާއި ގުޅިގެން ފުލުހުން ހިންގަމުންދާ މިއޮޕަރޭޝަނުގައި ހައްޔަރުކުރެވުނު މީހުންގެ ތެރެއިން ނުވަ މީހަކު ހައްޔަރުކުރީ އައްޑޫ ސިޓީންނެވެ. މާލެ ސިޓީން ދެމީހަކު ހައްޔަރުކޮށްފައިވާއިރު އަނެއް ދެމީހުން ހައްޔަރު ކުރީ ގުރައިދޫއިންނެވެ.

މި އޮޕަރޭޝަން އާއި ގުޅޭ އިތުރު މައުލޫމާތު ފުލުހުން އަދި ސިފައިން ހާމަކޮށްފައިނުވެއެވެ.

މީގެ ކުރިންވެސް އައްޑޫ ސިޓީގައި މިފަދަ އޮޕަރޭޝަނެއް ހިންގި އެވެ. އެ އޮޕަރޭޝަންގައި ހައްޔަރު ކުރި އެންމެން މިހާރު ވަނީ ދޫކޮށްލާފައި އެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *