ޓާކިޝް އެއާލައިނުން މާލެ-ކޮލަންބޯ ދަތުރުތަކަށް ވަރަށް ހާއްސަ ފެއާއެއް ތައާރަފުކޮށްފިއެވެ.
ޓާކިޝް އެއަރލައިންސްއިން ހާމަކުރި ގޮތުގައި މިފެއަރގެ ދަށުން ވަރަށް ހާއްސަ އަގުތަކެއްގައި ޓިކެޓް ލިބިގެންދާނެއެވެ. އެގޮތުން ޓިކެޓްގެ އަގު ފެށޭނީވެސް 364 ޑޮލަރުން ކަމަށާއި މިއީ ފަންސާސް ކިލޯގެ ބެގޭޖު އެލަވަންސް ލިބޭ ފެއާއެއް ކަމަށް އެ އެއަރލައިނުން ވަނީ ބުނެފައެވެ. އެއީ ދިވެހި ރުފިޔާއިން ބަލާނަމަ -/5612 ރުފިޔާއެވެ.
މިފެއަރ ކުރިޔަށް ދާނީ އަންނަ އަހަރުގެ މާޗު މަހުގެ ނިޔަލަށެވެ. މިއީ ލަންކާ އަށް މިވަރުގެ ބެގޭޖު އެލަވަންސެއް ލިބޭ އެންމެ ހެޔޮ އަގެވެ.
ޓާކިޝް އެއާލައިނުން ކޮންމެ ދުވަހަކު މާލޭން ކޮލަންބޯއަށް ދާ ފުލައިޓު ފުރާނީ މެންދުރު ފަހު 1:15 ގަ އެވެ. ކޮލަންބޯއިން މާލެއަށް އަންނަ ފުލައިޓު ފުރާނީ ރޭގަނޑު 9:30 އަށެވެ.
މިމަހުގެ 24 ވަނަ ދުވަހު ޓާކިޝް އެއާލައިންސް ރާއްޖެއަށް ދަތުރުތައް ކުރަން ފެށިތާ ދިހަ އަހަރު ފުރޭނެ އެވެ.










1 ކޮމެންޓް
ދޮގު މައުލޫމާތު ނުޗެހުން އެދެން !!!މި އައް ވުރެން އަގުހެޔޮ ފެއާރ އެބަ ހުރި ލަންކާ އާއި މާލެ އާއި ދެ މެދު ވަރައް ސަލާމް