Search Streamline Icon: https://streamlinehq.com

ށަވިޔަނި ތޭވީހަށް ދަތުރުފަށައިފި

ްއ

”ށަވިޔަނި ތޭވީހަށް ކުރާދަތުރު“ގެ ނަމުގައި ށ އަތޮޅުގެ ޕީޕީއެމް މެންބަރުން ކެމްޕޭން އެއްފަށައިފިއެވެ.

ށ. އަތޮޅުގައި ޕީޕީއެމްގެ ހަރަކާތްތައް ފުޅާކޮށް ވަރުގަދަކުރުމުގެ ގޮތުންނާއި 2023ށް ތައްޔާރުވުމުގެ ގޮތުން އިއްޔެ ފުނަދުގައި ބޭއްވި ބައްދަލުވުމުގައި އަތޮޅުގެ ހުރިހާރަށަކުން މެންބަރުން ހިމެނޭހެން 70 ށް ވުރެ ގިނަ މެންބަރުންވަނީ ބައިވެރިވެފައެވެ.

މި ނޫހަށް މައުލޫމާތު ދެއްވަމުން މި ހަރަކާތް އިސްކޮށް އިންތިޒާމް ކުރި ޓީމް އިން ބުނީ މިއީ ށ އަތޮޅުގައި ޕީޕީއެމްގެ ސަފުތައް ބަދަހިކޮށް ވަރުގަދަކުރުމުގެ އިތުރުން މިހާރު ޤައުމު ވަމުންދާ އަޅުވެތިކަމުން މިންޖުކުރުމަށް 2023 ށް ތައްޔާރުވުމުގެ ވަރުގަދަ ފެށުމެއްކަމަށެވެ. އެގޮތުން ރަށްރަށުގައި ޕާޓީގެ ހަރަކާތްތައް ކުރިޔަށް ގެންދިއުމުގައި ހުރި ގޮންޖެހުންތައް ހިއްސާކޮށް، ހައްލު ހޯދޭނެ ގޮތްތަކާއި ގުޅޭގޮތުން މެންބަރުންގެ މެދުގައި މަޝްވަރާކުރެވިފައިވާކަމަށެވެ. އަދި ކޮންމެ 2 މަހުން އެއްމަހު އެންމެން އެއްތަނަކުން އެއްވެ މަޝްވަރާ ބައްދަލުވުންތައް ބޭއްވުމަށް ވެސް ނިންމާފައިވާކަމަށެވެ.

ފުނަދުގައި ބޭއްވި ބައްދަލުވުމުގެ ތެރެއިން

މި ބައްދަލުވުމުގައި އޮންލައިންކޮށް ރައީސް ޔާމީން ވަނީ ބައިވެރިވެވަޑައިގެން މެންބަރުންނާއި ވާހަކަ ދައްކަވާފައެވެ. ރައީސްގެ ވާހަކަފުޅުގައި ޤައުމުގެ މިހާރުގެ ހާލަތާއި މެދު ހުރި ކަންބޮޑުވުންތައް މެންބަރުންގެ ސަމާލުކަމަށް ގެންނަވާ، ޤައުމު މިނިވަން ކުރުމުގެ މަސައްކަތް ކުރުމަށް ގޮވާލެއްވިއެވެ.

ށަވިޔަނި މެންބަރުންގެ ދެވަނަ ބައްދަލުވުން އޮންނާނީ 14 ޖެނުއަރީގައެވެ. އެ ބައްދަލުވުން ބޭއްވުމަށް ނިންމާފައިވަނީ ށ. ބިލަށްފަހި ގައެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *