Search Streamline Icon: https://streamlinehq.com

ރާއްޖޭގައި ބޮން ގޮއްވައި ގިނަބަޔަކު މަރާލަން ތައްޔާރުވަމުން ދަނިކޮށް ހުއްޓުވައިފި

Police arrest suspect

ގޮވާތަކެތި ބޭނުންކޮށްގެން ރާއްޖޭގައި ބޮޑު ޓެރަރިޒަމް ހަމަލާއެއް ހިންގަން އުޅެނިކޮށް ފުލުހުން އެކަން ހުއްޓުވާލި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މިމަހު 11 ވަނަ ދުވަހު ސިފައިންނާއި ގުޅިގެން ރާއްޖޭގައި ފުލުހުން ހިންގި ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަނެއްގައި ހައްޔަރުކުރެވުނު 14 މީހުންނަކީ އައިއެސް ޖަމާއަތްތަކާއި ގުޅުން އޮންނަ ބައެއްކަން ފުލުހުން ވަނީ ތުހުމަތުކޮށްފައެވެ.

މިއޮޕަރޭޝަނުގައި ހައްޔަރުކުރެވުނު އެންމެންނަކީ އައްޑޫ ސިޓީއަށް ނިސްބަތްވާ މީހުންނެވެ. އެހެންނަމަވެސް އެމީހުން ހައްޔަރުކޮށްފައިވަނީ މާލެ ސީޓީންނާއި އައްޑޫ ސިޓީގެ އިތުރުން ކ.ގުރައިދޫއިންނެވެ.

ފުލުހުން ވިދާޅުވާ ގޮތުގައި އައްޑޫ ސިޓީން ހައްޔަރުކުރެވުނު މީހެއްގެ އަތުން ފުލުހުން ވަނީ ބޮމެއް އަތުލައިގެންފައެވެ. އައްޑޫސިޓީގެ މަގުމަތިން ހައްޔަރުކުރެވުނު މީހާ ބަލާ ފާސްކުރުމުން އެމީހާގެ އަތުގައިވާ އަތް ދަބަހެއްގައި ގޮވާއެއްޗެއް ގޮތައް ތައްޔާރުކޮށްފައިވާ ބޮމެއް ކަހަލަ އެއްޗެއް ފުލުހުންނަށް ވަނީ ފެނިފައެވެ.

ފުލުހުން މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޓެރަރިޒަމް އެންޑް ވަޔަލެންޓް އެކްސްްޓްރިމިޒަމް ޔުނިޓްގެ ހެޑް އިންސްޕެކްޓަރ އޮފް ޕޮލިސް އުސްވަތު އަހުމަދު ވިދާޅުވީ، އައްޑޫ ސިޓީގައި ހަރުކަށި ފިކުރު ގަބޫލު ކުރާ ފަރާތްތަކުން ނިރުބަވެރި (ޓެރަރިސްޓް) ޖަމާއަތެއް ކަމަށްވާ އައިއެސް ތާއީދުކޮށް ރާއްޖޭގައި ނިރުބަވެރިކަމުގެ ހަމަލާއެއްދީ ގައުމީ ސަލާމަތަށް ހަމަލާއެއް ދިނުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ.

އުސްވަތު ވިދާޅުވީ ފުލުހުންނަށް މިހާރު ލިބިފައިވާ މައުލޫމާތުން ދައްކާ ގޮތުގައި އެ ފަރާތްތަކުން ގޮވާތަކެތި ބޭނުންކޮށްގެން ރާއްޖޭގައި ގިނަބައެއްގެ ފުރާނައަށް ގެއްލުންވާނެފަދަ ނިރުބަވެރި ހަމަލާއެއް ދިނުމަށް ރާވަމުން ދިޔަ ކަމަށެވެ.

‎ފުލުހުން އަދި އެމްއެންޑީއެފްއިން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގެ މަގްސަދަކީ އާންމުންގެ ގިނަބައެއްގެ ފުރާނައަށް ނުރައްކާވާގޮތަށް ރާވަމުން ދިޔަ ފަރާތްތަކުގެ ރޭވުން ނާކާމިޔާބު ކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.

ގުޅޭ ޓެގް:

1 ކޮމެންޓް

  1. ދެދުވަހެއް ތެރޭގާ ތިމީހުން ދޫކޮށްލާނެ، ބުނާނެ އޮޅުމަކުން ދެއްކުނު ވާހަކައެއްކަމަށް މި ސަރުކާރު އައިފަހުން ތިބާވަތުގެ ކިތައްކަންތައް ހިނގައިފި މީހަކު ހައްޔަރު ކުރިއަސް ހައްޔަރު ކުރަނީ ހަމަ ނަމަކަށް، އެމީހަކު އުޅޭނެ ގޮތަކަށް އުޅޭން ދޫކޮށްލާފަ މިއޮތީ، މިހަރު މިހުންނެވި ރައީސަށް ބޮދުވާ ހަމަ އެންމެ ކަމެއްވެސްނެތް، ޖެހޭ އޮޔެއްވަޔެއް ނެތް، މީތޯ އެބުނާ ރައީސްގެ މަޑުމައިތިރި ކަމަކީ، މަޑުމައިތިރިކަމުގާ ރެއެޓުނުކޮށް ހުންނަން ބޭނުން މީހުން މާސިންގާ ބޮޑެތި ޒިންމާތައް ހަވާލު ވެ މާތްﷲ ގަންދީ ހުވާނުކޮށް ރައިޔަތުންނާ ގަުމާ ހަވާލު ނުވެބަލަ،!

Leave a Reply

Your email address will not be published. Required fields are marked *