ދާދި ފަހުން މާލޭގައި ހިގާދިޔަ ނުރައްކާތެރި އަލިފާނުގެ ހާދިސާ ހިގާފައިވަނީ ޤަވައިދާ ޚިލާފަށް ހިންގަމުން ދިޔަ ޤަރާޖެއްގައި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވިދާޅުވީ އަލިފާން ރޯވި ގަރާޖަކީ ޤަވައިދާ ޚިލާފަށް ހިންގަމުން ދިޔަ ޤަރާޖެއް ކަމަށާއި އެތައް ފަހަރެއްގެ މަތިން އެގަރާޖު ހުޅުމާލެއަށް ބަދަލުކުރުމަށް އަންގާފައިވާ ކަމަށެވެ.
އެހެންކަމުން އެމައްސަލަ އަދިވެސް އިތުރަށް ތަހުޤީގު ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ވިދާޅުވެއެވެ. އަދި މިއީ ބަޔަކު ގަސްތުގައި ރާވައިގެން ހިންގި ކަމެއް ނޫންކަމަށާއި އަލިފާން ރޯވާން މެދުވެރިވި ސަބަބު ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
އަދި އެ ގަރާޖުގައި މިދިޔަ މެއި މަހު ވެސް އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމަށާއި އެކަން ތަހުގީގުކުރެވި އެ ފަރާތުން މައްސަލަ ހައްލުކުރުމަށް އެ ފުރުސަތު ދީފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
އަދި އެ ގަރާޖު ފްލޯތައް ވަކިކޮށްފައި ހުރީ ފިލައިން ކަމަށާއި އެ ގެއަކީ ބޭރުންވެސް މީހުން ގޮސް އުޅޭ ގެއެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.











