ކުރިއަރ މެދުވެރިކޮށް ރާއްޖެ އެތެރެކުރި ބައިކިލޯ މަސްތުވާތަކެތި އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން މިއަދު ހާމަކުރި ގޮތުގައި ކުރިއަރ މެދުވެރިކޮށް ރާއްޖެއަށް ބައިކިލޯ މަސްތުވާތަކެތި މިވަނީ އެތެރެކޮށްފައެވެ. އެތަކެތި މިހާރު ވަނީ ކަސްޓަމްސްއިން އަތުލައިގެންފައެވެ.
17ސެޕްޓެމްބަރު 2022 ވަނަ ދުވަހު ބަލައި ފާސްކުރުމުގެ ތެރޭގައި ބަހުރެއިންއިން ރާއްޖެ ގެނެސްފައި ހުރި ޕާރްސަލެއްގެ ތެރެއިން މަސްތުވާތަކެތި ވަނީ ފެނިފައެވެ. ބަރުދަނުގައި ޖުމްލަ 604.50 ގްރާމް ހުރި މިތަކެއްޗަކީ މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ “މެތޯފަން“ ކަމަށް ކަސްޓަމްސްއިން ބުނެއެވެ.
މީގެއިތުރުން މިއީ މި ބާވަތުގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރަން އުޅެނިކޮށް އަތުލައިގަތް ފުރަތަމަ ފަހަރު ކަމަށާއި އެތަކެތި މިހާރު ވަނީ ފުލުހުންނާއި ހަވާލުކޮށްފައި ކަމަށް ކަސްޓަމްސްއިން މިއަދު ވަނީ ހާމަކޮށްފައެވެ.









