ބޮޑު ސްކްރީން އަޅުވައިގެން
ޕްރޮޖެކްޓަރު ބަހައްޓައިގެން އާންމު ތަންތަނުގައި ވޯލްޑްކަޕުގެ މެޗުތައް ދެެއްކުން މަނާކޮށްފައިނުވާނެ ކަމަށް މީޑިޔާ ނެޓުން މިއަދު ބުނެފިއެވެ.
މީޑިޔާ ނެޓް ގެ އޮފިޝަލަކު ވިދާޅުވީ އާންމުތަންތާގައި ބޮޑު ސްކްރީން ބަހައްޓައިގެން ވޯލްޑްކަޕް މެޗުތަށް ދެެއްކޭނެ ކަމަށެވެ. އެހެން ނަމަވެސް އާންމު ތަންތާގައި ބޮޑު ސްކްރީނު ބަހައްޓަައިގެން މެޗުތައް ދައްކާއިރު އާންމުންގެ އަތުން ފައިސާ ނަގައިގެން ވިޔަފާރި އުސޫލުން އެކަން ކުރުމަކީ މަނާކަމެއް ކަމަށް އޮފިޝަލް ވިދާޅުވިއެވެ. އާންމު ތަންތަނުގައި ވޯލްޑްކަޕުގެ މެޗުތައް ދެއްކުން މަނާކުރި ކަމަަށް ބުނެ ފަތުރަނީ ކަޑައެޅިގެން ދޮގު ޚަބަރެއް ކަމަަށް އޮފިޝަލް ވިދާޅުވިއެވެ.
މީޑިޔާ ނެޓުން ބުނީ ގަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑްކަޕް ރާއްޖޭގައި ދެއްކުމުގެ ލައިސެންސް ފީފާގެ ފަރާތުން ލިބިފައިވަނީ އެ ކުންފުންޏަށް ކަމަށެވެ.
މީޑިއާނެޓުން ވަނީ، ރާއްޖޭގައި ވޯލްޑްކަޕް ދެއްކުމުގެ ސަބް ލައިސެންސް ތިން ޗެނަލަކަށް ދީފައެވެ. އެ ތިން ޗެނަލަކީ، ރާއްޖެޓީވީ، ޔެސްޓީވީ އަދި އައިސްޓީވީއެވެ.
އަންނަ އާދިއްތަ ދުވަހު ފަށާ ވޯލްޑް ކަޕް ކުރިއަށްދާނީ މި މަހުގެ 20 އިން އަންނަ މަހުގެ 18 ގެ ނިޔަލަށެވެ. މި މުބާރާތުގައި މިފަހަރު 32 ޓީމު ވާދަކުރެއެވެ.









