Search Streamline Icon: https://streamlinehq.com

އިންޓަނެޓުގެ އަގުހެޔޮކޮށް, ޚިދުމަތް ފަށާނެ ތާރީޚް އާއްމުކޮށްފި

Minister Shauna

ރާއްޖޭގައި ދެމުންދާ އިންޓަނެޓުގެ ޚިދުމަތުގެ އަގު ހެޔޮކޮށް އެ އަގަށް ގެނެވުނު ބަދަލުތަކާއި، ހެޔޮކުރެވުމު އަގަށް ޢަމަލު ކުރަން ފައްޓަވާނެ ތާރީޚް ސަރުކާރުން ހާމަކުރައްވައިފިއެވެ.

ސަރުކާރުން ނިންމެވި މި ބަދަލު ގެންނަން ނިންމާފައިވަނީ އިންޓަނެޓު އަގުހެޔޮ ކުރުމުގެ ފުރަތަމަ ފިޔަވަހީގަ އެވެ. އެއީ އަންނަ ޖުލައި މަހުން ފެށިގެންނެވެ.

މޯބައިލް އިންޓަނެޓުގެ އަގުތަށް ހެޔޮކުރަން ސަރުކާރުން ނިންމާފައިވަނީ އަންނަ އޮކްޓޯބަރު މަހުން ފެށިގެންނެވެ. އެއީ މަޝްރޫއުގެ ދެވަނަ ފިޔަވައްސެވެ.  ދެވަނަ ފިޔަވަހީގައި ފޯނުތަކުން ނަގާ ޑޭޓާ އެލެވެންސްތަކުގެ އަގު 20 އިންސައްތަ އާއި 30 އިންސައްތައާއި ދެމެދުގެ އަގެއް ހެޔޮވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ޖުލައި މަހުން ފެށިގެން ރާއްޖޭގެ ހުރިހާ ކަނެކްޝަން ތަކެއްގެ މިނިމަމް ސްޕީޑަކީ 2 އެމްބީޕީއެސް ކަމަށް ވެސް ސަރުކާރުން ވަނީ ކަނޑައަޅުއްވާފަ އެވެ. އަދި 300 ރުފިޔާއަށް ވުރެއް މަތިން ނަގާ ޕެކޭޖްތަކަށް 5 އެމްބީޕީއެސްގެ ސްޕީޑު ދިނުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ.

ރާއްޖޭގައި ދެމުންދާ ރެސިޑެންޝަލް އިންޓަރނެޓުގެ ޚިދުމަތުގެ އަގުތަކަށާއި ސްޕީޑަށް ސަރުކާރުން ގެނައުމަށް ނިންމާފައިވާ ބަދަލުތަކަކީ، 5 އެމްބީޕީއެސްގެ ސްޕީޑުގައި 250ރ އަށް 30 ޖީބީ (ތްރޮޓުލް ސްޕީޑްގައި 2 އެމްބީޕީއެސް)، 15 އެމްބީޕީއެސްގެ ސްޕީޑުގައި 500ރ އަށް 100 ޖީބީ (ތްރޮޓުލް ސްޕީޑްގައި 5 އެމްބީޕީއެސް)، 25 އެމްބީޕީއެސްގެ ސްޕީޑުގައި 700ރ އަށް 200 ޖީބީ (ތްރޮޓުލް ސްޕީޑްގައި 5 އެމްބީޕީއެސް) އެވެ.

މި ބަދަލުތަކުގެ ސަބަބުން ރެސިޑެންޝަލް އިންޓަރނެޓް ޚިދުމަތްތައް ބޭނުންކުރާ 60 އިންސައްތައާއި 75 އިންސައްތައާ ދެމެދުގެ މީހުންނަށް ސީދާކޮށް މަހުފީ އަގުހެޔޮ ވެގެންދާނެކަމަށެވެ. އަދި މިއާ އެކު ތްރޮޑްލް ސްޕީޑު ދެ ގުނަ މަތިވާނެ ކަމަށް ވެސް ސަރުކާރުންވަނީ ހާމަކުރައްވާފައެވެ.

އެވްރެޖުކޮށް ތްރޮޓްލް ސްޕީޑު ހުންނަނީ އެއް އެމްބީޕީއެސް އާއި ދެ އެމްބީޕީއެސް އާ ދެމެދު އެވެ.

އިންޓަނެޓުގެ އަގަށް ބަދަލު ގެންނަން ނިންމާފައި ވަނީ ފޭސްތަކަކަށް ބަހާލައިގެންނެވެ.

އެގޮތުން ފުރަތަމަ ފޭސްގައި، ދިރާގާއި އުރީދޫގެ ރެޒިޑެންޝަން އިންޓަނެޓު ހިދުމަތުގެ އަގު ޖުލައި މަސް ތެރޭ 28 ޕަސެންޓާއި 30 ޕަސެންޓާ ދެމެދަށް ދަށްކޮށް ތްރޮޓްލް ސްޕީޑަށް ބަދަލު ގެންނަން ވަނީ ނިންމައިފަ އެވެ. އަދި ދެވަނަ ފޭސްގައި، އޮކްޓޫބަރު 2021 އިން ފެށިގެން މޯބައިލް ބްރޯޑްބޭންޑްގެ ހިދުމަތަށް ބަދަލު ގެންނަން ވަނީ ނިންމައިފަ އެވެ.

އިންޓަނެޓުގެ އަގަށާއި ސްޕީޑަށް ގެނައި ބަދަލާ އެކު އާދައިގެ މިންވަރަކަށް އިންޓަނެޓު ބޭނުން ކުރާ ފަރާތްތަކަށާއި ސްކޫލު ކުދިންގެ އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިން ބޭނުންތަކަށް، އަދި އައިސީޓީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށްވެސް ފައިދާ ލިބޭނެ ކަމަށް ސަރުކާރުން ބުންޏެވެ.

ތްރޮޓްލް ސްޕީޑަށް ގެނައި ބަދަލާއެކު. ޕެކޭޖު ހުސްވެ، ތްރޮޓްލް ވުމުންވެސް އާންމު ބޭނުންތަކަށް އެކަށޭނަ ވަރަކަށް ސްޕީޑު އަވަސްވާނެ އެވެ.

ސަރުކާރުން ކަނޑައަޅާފައިވަނީ 300 ރުފިޔާ އިން މަތީގެ ޕެކޭޖުތަކުގެ ތްރޮޓްލް ސްޕީޑު ފަސް އެމްބީޕީއެސް އަށް ވުރެ ދަށް ނުކުރުމަށެވެ.

މި ބަދަލު ގެންނަން ނިންމާފައިވަނީ އިންޓަނެޓު އަގުހެޔޮ ކުރުމުގެ ފުރަތަމަ ފިޔަވަހީގަ އެވެ. އެއީ އަންނަ ޖުލައި މަހުން ފެށިގެންނެވެ.

މޯބައިލް އިންޓަނެޓުގެ އަގުތަށް ހެޔޮކުރަން ސަރުކާރުން ނިންމީ އަންނަ އޮކްޓޯބަރު މަހުން ފެށިގެންނެވެ. އެއީ މަޝްރޫއުގެ ދެވަނަ ފިޔަވައްސެވެ. އެގޮތުން ފޯނުތަކުން ނަގާ ޑޭޓާ އެލެވެންސްތަކުގެ އަގު 20 އިންސައްތަ އާއި 30 އިންސައްތައާއި ދެމެދަށް ހެޔޮވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ރާއްޖޭގައި އިންޓަނެޓު ފޯރުކޮށްދެނީ ދިރާގާއި އުރީދޫގެ އިތުރުން އާރުއޯއެލް އިންނެވެ. އަލަށް ގެނައި ބަދަލުތަކާއިއެކު މި ތިން ކުންފުނިންވެސް އަގުތައް ހެޔޮކުރާނެ އެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *