Search Streamline Icon: https://streamlinehq.com

ހަރުކަށި ފިކުރުގެ 4 ހާހަށްވުރެ ގިނަ ސޯޝަލް މީޑިއާ ޕްލެޓްފޯމް ރާއްޖޭގައި ހިންގާ

Cp police hameed palmdfvya7mtuwnehl7f3woen1n8o0sivk81dpxsog

ރާއްޖޭގައި ސޯޝަލް މީޑީޔާ މެދުވެރިކޮށް ހަރުކަށި ފިކުރުގެ 4 ހާހަށްވުރެ ގިނަ ޕޭޖުތައް ހިންގާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓްރީއާއި ފުލުހުން އަދި ކަރެކްޝަނަލް ސާރވިސް ގުޅިގެން، ހޯމް ސެކްޓަރގެ މަސައްކަތްތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ކޮމިޝަނަރ ޙަމީދު ވިދާޅުވީ ބޭރު ޤައުމުތަކުގެ ޓެރަރިސްޓް ޖަމާއަތްތަކާއި ގުޅިގެން ރާއްޖޭގައިވެސް ހަރުކަށި ފިކުުރުތަކުގެ މައުލޫމާތު އިންޓަނެޓްގެ އެކި ޕްލެޓްފޯމްތަކުގައްޔާއި ގްރޫޕުތަކުގައި ހަރުކަށި ފިކުރާ ބެހޭ މައުލޫމާތުތައް ފެތުރުމާއި އެކި ކަހަލަ ހަމަލާތައް ރާވާނެ ގޮތްތައް ދަސްކޮށްދެމުންދާ ކަމަށެވެ.

އެހެންކަމުން ފާއިތުވީ އަހަރުތަކުގެ ތެރޭގައި ފުލުހުން ކުރި މަސައްކަތުން މިފަދަ މައްސަލަތަކުގައި ވަރަށް ބޮޑެތި ކުރިއެރުންތައް ލިބިފައިވާ ކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ. ހަމައެއާއެކު މިފަދަ މަސައްކަތްތަކަށް ގިނަ ގޮންޖެހުންތައް ކުރިމަތިވާ ކަމަށް ސީޕީ ވަނީ ވިދާޅުވެފައެވެ.

ހަރުކަށި ފިކުރުގެ މައްސަލަތަކުގެ އިތުރުން މަރުތަކުގެ މައްސަލާތައްވެސް ފުލުހުން ވަރަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން ބަލަމުން އަންނަކަމަށް ހަމީދު ވިދާޅުވިއެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *