Search Streamline Icon: https://streamlinehq.com

ބޮކްސާތެރެޔަށް ލައިގެން މަސްތުވާ ތަކެތި އެތެރެކުރި މީހަކު އުމުރަށް ޖަލަށް

Police arrest suspect

ބޮކްސާ ތެރެޔަށް ލައި ފޮރުވައިގެން އައްޑޫ ސިޓީއަށް މަސްތުވަތާކެތި އެތެރެ ކުރި މީހަކު އުމުރަށް ޖަލަށްލުމާއެކު 100000 ރުފިޔާއިން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

2020 ވަނައަހަރު ވައިގެ މަގުން އައްޑޫ ސިޓީއަށް ކުރި ދަތުރެއްގައި ލައިގެން ހުރި ބޮކްސާތެރެޔަށް ލައިގެން މަސްތުވާތަކެތި ވަނީ އައްޑޫއަށް އެތެރެކޮށްފައެވެ. މިމައްސަލައިގައި އުމުރަށް ޖަލަށް ހުކުމްކޮށްފައިވަނީ ސ. ހިތަދޫ މީހެއްގެ މައްޗަށެވެ. ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވަނީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާއެވެ.

ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އޭނާ ދަތުރު ކުރި ފްލައިޓް އައްޑޫގައި ޖައްސައި އެއަޕޯޓްގެ އެރައިވަލް ޓާމިނަލުން އޭނާ ހިފެހެއްޓިއެވެ. އޭނާ ހިފެހެއްޓުމާއެކު އޭނާ އަމިއްލައަށްވަނީ ބޮކްސާ ތެރޭގައި އިންސްލޭޝަން ޓޭޕް އަޅާފައި އޮތް ޖޫސްޕެޓީ ކޮތަޅެއްގައި މަސްތުވާތަކެތި ހުރި ކަމަށް އަމިއްލައަށް އިއުތިރާފުވެ، އެ ނަގައި އަމިއްލައަށް ފުލުހުން އަތަށް ދީފައެވެ.

އެހެންނަމަވެސް ޝަރީއަތުގެ މަރުހަލާގައި އޭނާވަނީ އެކަމަށް އިންކާރުކޮށްފައެވެ. އަދި އެއަރޕޯޓުން އޭނާ ހައްޔަރު ކުރީ އެއްވެސް ކޯޓު އަމުރެއް ނެތި ކަމަށް އޭނަގެ ވަކީލުން ވަނީ ބުނެފައެވެ. އެހެންނަމަވެސް ދައުލަތުން ހުށަހެޅި ހެކިތަކުގެ މައްޗަށް ބިނާކޮށް ކްރިމިނަލް ކޯޓުން ވަނީ އޭނަގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމައި ހުކުމްކޮށްފައެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *