Search Streamline Icon: https://streamlinehq.com

ދިގު މުއްދަތަކަށް ޤައުމަށް ޚިދުމަތްކުރެއްވި އަންނަބީލާ ހަބީބާ ހުސައިން ހަބީބް އަވަހާރަވެއްޖެ

IMG b3b4861ca158becc30cdc938d8b2b790 V 750x375

ދިގުމުއްދަތަކަށް ޤައުމަށް ޚިދުމަތްކުރެއްވި އަންނަބީލާ ހަބީީބާ ހުސައިން ހަބީބް މިއަދުގެ ވަގުތެއްގައި އަވަހާރަވެއްޖެއެވެ.

އަންނަބީލާ ހަބީބާ ހުސައިން ހަބީބަކީ ދިވެހި ބަހަށް ގިން ޚިދުމަތްކޮށްފައިވާ ޚިދުމަތްތެރިޔެކެވެ.

މައުލޫމާތުލިބޭ ގޮތުގައި އަލާސްކަންފުޅާ އުޅުއްވާތީ އައިޖީއެމްއެޗުން ފަރުވާ ހޯދަމުން ދަނިިކޮށް ހަބީބާ ވަނީ މިއަދު އަވަހާރަވެފައެވެ.

އެކަމަނާއަކީ ދިވެހިބަހަށް ތަރުޖަމާކުރުމުގެ ރޮނގުން 1981 ވަނަ އަހަރު އާއްމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ހޯއްދެވި ކުޅަދާނަ ޚިދުމަތްތެރިއެކެވެ.

މީގެއިތުރުން ދިވެހި ބަހާއި އަދަބިއްޔާތާ ތާރީޚަށް ހިދުމަތްކުރެއްވި ތާރީޚާ ގުޅޭ ގިނަ ދިރާސާތަކެއް އައްނަބީލާ ހަބީބާ ހުސައިން ހަބީބު ވަނީ ކުރައްވާފައެވެ.

ހަބީބާއަކީ ގައުމީ ކުތުބުހާނާގެ ފުރަތަމަ ލައިބްރޭރިއަން އެވެ. އަދި ކުތުބުހާނާ ހިންގެވުމުގަ ގިނަ ދުވަސްތަކެއް ހޭދަކުރެއްވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *