ޖަލަށް މަސްތުވާތަކެތި ވައްދަން އުޅުނު ފުލުހަކު ވަޒީފާއިން ސަސްޕެންޑްކޮށް ހައްޔަރުކޮށްފިއެވެ.
ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޖަލަށް ވެއްދުން މަނާ ތަކެތި ވައްދަން އުޅޭކަމުގެ ޝައްކުތަކެއް ކުރެވިގެން ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ފުލުހަކު ޖަލަށް މަސްތުވާތަކެތި ވައްދަން އުޅެނިކޮށް މަސްތުވާ ތަކެއްޗާއެކު ދިވެހި ފުލުހަކު ހައްޔަރުކޮށްފި ކަމަށެވެ.
ޖަލަށް މަނާތަކެތި ވައްދާ ކަމަށް ޝައްކުރެވިގެން ދިވެހި ފުލުހުންގެ ހިދުމަތާއި ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ވަނީ މިސަރވިސްގެ އޮފިސަރެށް މަސްތުވާ ތަކެއްޗާއި އެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފަ. މިކަމާ ގުޅިގެން މި އޮފިސަރު ވާނީ ވަޒީފާއިން ސަސްޕެންޑު ކުރެވިފަ.
— Ahmed Mohamed (@ahumadhumohamed) November 21, 2022
ޖަލަށް ވެއްދުން މަނާ ތަކެތި ވައްދަނިކޮށް ކަރެކްޝަން ސަރވިސްގެ އޮފިސަރަކު މަސްތުވާ ތަކެއްޗާއެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި އެކަމާއި ގުޅިގެން އޭނާ ވަޒީފާއިން ސަސްޕެންޑު ކުރެވިފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ވަނީ ވިދާޅުވެފައެވެ.
އެހެންނަމަވެސް މަސްތުވާތަކެތި ވައްދަން އުޅުނީ ކޮން ޖަލަކަށް ކަމެއް ހާމަކޮށްފައިނުވެއެވެ.









