Search Streamline Icon: https://streamlinehq.com

މިދިޔަ 5 އަހަރު ދުވަހު ވައްކަންކުރި މީހުންގެ ތެރެއިން އެއްވެސް މީހަކު ނުހޯދޭ: ފިރުޝާން

Big FKnT0XvgTXO573zzExMmLzpKU

މިދިޔަ 5 އަހަރު ދުވަހު ވައްކަންކުރި މީހުންގެ ތެރެއިން އެއްވެސް މީހަކު ނުހޯދޭކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ އެމްޑީޕީ މެމްބަރު، ޙުސައިން ފިރުޝާން ވިދާޅުވެއްޖެއެވެ.

ފިރުޝާން ކުރެއްވި ޓްވީޓެއްގައި ދާންދޫ ދާއިރާގެ މެމްބަރު ޔައުޤޫބު ޢަބްދުﷲ ޓެގްކުރެއްވުމަށްފަހު ވިދާޅުވެފައިވަނީ މިސަރުކާރުގެ 4 އަހަރު ފާއިތުވެގެން ދިޔައިރުވެސް މިދިޔަ 5 އަހައު ދުވަހު ވައްކަން ކުރި މީހުންގެ ތެރެއިން އެއްވެސް މީހަކު ހޯދިފައި ނެތްކަމަށެވެ.

މެމްބަރު ޔައުޤޫބަށް ފާޑުވިދާޅުވަމުން ހުވަދޫ ބަހުން ފިރުޝާން ވިދާޅުވެފައިވަނީ ”އެކަމަކު މާއްކޫ އޮޑިޓަރު؟ މަ ކޭވޫ ވަގެ ހިފަންނަ؟ މަ ހިފީ ވަގެ ތޯ ގޯނިޔަކު؟“ ހެއްޔެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކެމްޕެއިނުގައި ޕީއެސްއެމްގެ މަޖިލިސް ބަޙުސްގައި ހުވަދޫ ބަހުން ވާޙަކަފުޅު ދައްކަވަމުން ދާންދޫ ދާއިރާގެ މެމްބަރު ޔައުޤޫބު ޢަބްދުﷲ ވިދާޅުވެފައިވަނީ ތިމަންނާއަކީ އޮޑިޓަކެއް ކަމަށެވެ. އެއީ ވަގުން ހިފަން ދަސްކުރުން ނުވަތަ ވަގުން ހިފުމުގެ ޢިލްމު އުނގެނުންކަމަށް ވަނީ އިޝާރާޓްކުރައްވާފައެވެ. އަދި ވަގުން ވަށްކަންކުރާގޮތާއި އެމީހުންގެ އުކުޅުތައް އެނގޭކަމަށާ، ތިމަންނާ މަޖިލީހުގައި ހުއްޓާ މަޖިލީހުގެ ތެރެއިންވެސް އަދި ސަރުކާރުގެ ތެރެއިންވެސް ވައްކަންކޮށް ދައުލަތުގެ މުދަލުން ނަހަމަ ފައިދާތައް ހޯދުމަކީ އުނދަގޫކަމަށް ވާނެކަމަށް ޔައުޤޫބް ވަނީ ވިދާޅުވެފައިވެއެވެ.

މެމްބަރު ޔައުޤޫބަކީ ރައީސް ސޯލިހު ފެކްޝަނުގެ ބޭފުޅަކަށް ވެފައި، މިސަރުކާރުގައި ފާއިތުވީ 4 އަހަރު ވައްކަމުގެ މައްސަލަތައް ގިނަވެގެން ދިޔައިރު އެކަމާ ޔައުޤޫބް ކަންބޮޑުވުން ފާޅުނުކުރައްވާ ކަމަށް ވިދާޅުވެ ގިނަ ބަޔަކު ދަނީ އޭނާއަށް ފާޑުކިޔަމުންނެވެ.

ހަމައެއާއެކު މެމްބަރު ފިރުޝާނަކީ ރައީސް ނަޝީދުއަށް ތާއީދުކުރައްވާ މެމްބަރަކަށް ވުމުން ފިރުޝާން މިވަނީ ޔައިޤޫބުގެ ވާހަކަތަކަށް ރައްދުދީ ފާޑުކިޔާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *