ހުޅުމާލޭ ކްލަބަކަށް ވަން މީހަކު ދަބަހުގައި ބޮމެއް އޮތްކަމަށް ބުނުމުން އޭނާ ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނާގޮތުގައި ރޭގެ ވަގުތެެއްގައި ހުޅުމާލޭ ބީޗް ކްލަބަށްވަން މީހަކު އޭނަގެ ދަބަހުގައި ބޮމެއް އޮތްކަމަށް ބުނި މައްސަލަ ވަނީ ފުލުހުންނަށް ރިޕޯޓްކޮށްފައެވެ.
އެހެންކަމުން އެމީހާ މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މިމައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 38 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ފުލުހުން ދަނީ މިމައްސަލަ އިތުރަށް ތަހުޤީގު ކުރަމުންނެވެ.









