ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައިގައި މީހަކު ހޯދަން ފުުލުހުން އިއުލާންކޮށްފިއެވެ.
މިމައްސަލައިގައި ހޯދަމުންދަނީ ޏ. ފުވައްމުލައް، ހޯދަޑު، ރޫލް، އަމީދު ނަމަކަށް ކިޔާ އުމުރުން 24 އަހަރުގެ މީހެކެވެ.
އަމީދުުއަކީ ޖަމާއަތް ހަދައިގެން ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މީހެކެވެ.
އެހެންކަމުން އަމީދުއާ އާގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާ ނަމަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުގެ ނަންބަރު 9911099 އަށް ގުޅާ ހިއްސާ ކުރުމަށް ވަނީ ފުލުހުން އެދިފައެވެ









