ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގީރު އާއެކު އެއް ޖިންސުން ޖިންސީ ގުޅުން ހިންގި މައްސަލައިގައި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގައި މަސައްކަތް ކުރަމުން އައި ޢަބްދުއްރަޙްމާން ރަފީޢު (ދޮންދިގު) މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފްކޮށްފިއެވެ.
އެއްޖިންސުގެ ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ދޮންދިގުގެ މައްޗަށް ކޮށްފައިވަނީ 01 އަހަރާއި ދެމަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ.
ދޮންދިގުގެ މައްޗަށް ޖަލު ހުކުމެއް ކޮށްފައިވަނީ ކްރިމިނަލް ކޯޓުގައި އޭނާ އެކުށަށް އިއުތިރާފްވެފައިވާތީ މިދިޔަ ސެޕްޓެމްބަރ މަހު 22 ވަނަ ދުވަހުގައެވެ. ނަމަވެސް ތަޙްޤީޤުގައި ބަންދުގައި ހުރި މުއްދަތު އުނިކުރުމުން އޭނާ ތަންފީޒުކުރަން ޖެހޭނީ އެއް އަހަރާއި ދެ މަހާއި 28 ދުވަހުގެ ޖަލު ޙުކުމެކެވެ.
މިމައްސަލަ އިސްތިއުނާފް ކުރުމާއި ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލުން ވިދާޅުވީ ދައުލަތުން އެދުނީ 07 މަހާއި 06 ދުވަހުގެ ޙުކުމަކަށް ކަމަށާއި, ނަމަވެސް ގާޒީއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުން ޙުކުމްކުރެއްވީ އަދަބުގެ ދެ ދަރަޖަ މަތިކޮށްކަމަށްވާތީ އެ ނިންމުން އިސްތިއުނާފު ކުރަން ނިންމެވީ ކަމަށެވެ.









