Search Streamline Icon: https://streamlinehq.com

ފިލްމީތަރި މުއާޒްގެ ދެއަތް ބިދިއްޖެ.

074615 muaz

ދިވެހި ފިލްމީތަރި އަދި ނެޝަނަލް ސެންޓާ ފޯ ދަ އާޓްސް (އެންސީއޭ)ގެ ސީނިޔަރ އެގްޒެކެޓިވް ޑިރެކްޓަރ އަބްދުﷲ މުއާޒްގެ ދެއަތް ބިދިއްޖެއެވެ.

މި ނޫހަށް މައުލޫމާތު ލިބިފައިވާގޮތުގައި އަބްދުﷲ މުއާޒްގެ އަތް ބިނދުނީ އޮލިމްޕަސް ހެދުމުގެ އަމަލީ މަސައްކަތުގައި ހަރަކާތްތެރިވަމުން ދަނިކޮށް ހަރުގަނޑަކުން ވެއްޓިކަމަށެވެ. އަދި މުއާއަށް ހޮސްޕިޓަލުން މިހާރު އަންނަނީ ފަރުވާ ދެމުންނެވެ.

މީގެ 3 އަހަރު ކުރިން ބަންދުކުރި އޮލިމްޕަސް މިާތަނަށް އައިއިރުވެސް ނުހުޅުވި ލަސްވަމުންދާތީ އެކަމާ ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ ގިނަ ބޭފުޅުން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.

މުއާ މީގެ ކުރިން ނޫހަކަށްދިން އިންޓަވިއުއެއްގައި ބުނެފައިވަނީ އޮލިމްޕަސް ބަންދުކުރި އިރު، އޭރު އެ ތަނުގެ ގިނަ މަރާމާތުތައް ނިމިފައިވާ ކަމަށެވެ. އަދި މިހާރު އެ ތަނުގައި ކުރަމުން އަންނަނީ ބައެއް ޓެކްނިކަލް މައްސަލަތައް ހައްލުކޮށް، ތަން ޒަމާނީ ފެންވަރަށް ބަދަލުކުރުމުގެ މަސައްކަތް ކަމަށް އޭނާ އޭރުވަނީ ބުނެފައެވެ.

އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓްރީގެ ދަށުން ހިންގާ ނެޝަނަލް ސެންޓާ ފޯ ދަ އާޓްސް (އެންސީއޭ)ގެ ސީނިޔަރ އެގްޒެކެޓިވް ޑިރެކްޓަރގެ މަޤާމަށް މުއާ އައްޔަނުކޮސްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރ މަހުއެވެ.

މުއާޒަކީ ރާއްޖޭގެ ފިލްމް އިންޑަސްޓްރީގައި ފާހަގަކޮށްލެވޭ ފަރާތެކެވެ. އެކްޓަރެއްގެ ގޮތުގައި 2004 ވަނަ އަހަރުން ފެށިގެން ހަރަކާތްތެރިވުމަށްފަހު މުއާޒް ވަނީ ފަހުން ފިލްމް ޕްރޮޑިއުސަރެއްގެ ގޮތުގައި އަދި ޑިރެކްޓަރެއްގެ ގޮތުގައި ވެސް ހަރަކާތްތެރިވެފަ އެވެ. އޭނާ ވަނީ 2015 ވަނަ އަހަރު ދިން ހަވަނަ ގައުމީ ފިލްމް އެވޯޑްސްގައި އެންމެ މޮޅު ފިރިހެން ސަޕޯޓިން އެެކްޓަރުގެ އެވޯޑް ވެސް ކާމިޔާބު ކޮށްފައެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *