ތިލަމާލެ ބުރިޖްގެ މަސައްކަތުގައި ބޭނުންކުރަމުންދިޔަ ކްރޭނެއް ބިންދައިގެން ކަނޑަށް ވެއްޓިއްޖެއެވެ.
ސަރުކާރުން އިންޑިޔާގެ އެކްފްކޯންސް ކުންފުންޏާއި ހަވާލުކޮށްގެން ހަދަމުންދާ ތިލަމާލެ ބުރިޖް ގެ މަސައްކަތުގައި ބޭނުން ކުރަމުންދިޔަ ކެރޭން ބިންދައިގެންދިޔައީ އޭގެ ބޫމް ފެއިލް ވެގެންނެވެ.
މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވެއެވެ.
މިހާދިސާއާއި ގުޅިގެން ޕްލޭނިންގ މިނިސްޓްރީން ވެސް އަދި ބުރިޖުގެ މަސައްކަތުގައި ހަރަކާތްތެރިވާ ކުންފުނިންވެސް މިހާތަނަކަށް އެއްވެސް އެއްޗެއް ބުނެފައިނުވެއެވެ.
މީގެކުރިންވެސް ބުރިޖްގެ މަސައްކަތުގައި ބޭނުންކުރި ޕްލެޓްފޯމެއް ވަނީ ވިލިމާލެ ފަރަށް އަރާފައެވެ. އެކަމުގެ ސަބަބުން ފަރަށް ލިބުނު ގެއްލުންތައް އީޕީއޭއިން ބަލާ، އެކުންފުނި ޖޫރިމަނާވެސް ވަނީ ކޮށްފައެވެ.










1 ކޮމެންޓް
ކޮންމިނިސްޓްރީއެއް