Search Streamline Icon: https://streamlinehq.com

މަސްވެރިންގެ ދުވަހާއި ގުޅިގެން ރައީސް ސޯލިހު ފަރެސްމާތޮޑާއަށް ވަޑައިގަންނަވަނީ

Raees Solih Minivandhuvas

މިއަހަރު މަސްވެރިންގެ ދުވަސް ގދ.ފަރެސްމާތޮޑާގައި ރަސްމީކޮށް ފާހަގަކުރަން ނިންމާފައިވާތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެރަށަށް ވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ހާމަކޮށްފި އެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވީ ފިޝަރީޒް މިނިސްޓްރީއާ ގުޅިގެން މިއަހަރު މަސްވެރިންގެ ދުވަސް ގދ.ފަރެސް މާތޮޑާގައި ފާހަގަކުރަން ނިންމާފައިވާތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަންނަ އާދީއްތަ ދުވަހު އެރަށަށް ވަޑައިގަންނަވާ ގޮތަށް ނިންމާފައިވާ ކަމަށެވެ.

މީގެއިތުރުން 42 ވަނަ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ގދ. ފަރެސްމާތޮޑާގައި ބާއްވާ ޖަލްސާގައި ރައީސް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ވަނީ މައުލޫމާތު ދީފައެވެ. އަދި ހަމައެއާއެކު އެރަށުގައި ކުރިއަށް ގެންދާ ހަރަކާތްތަކުގައި ރައީސް ސޯލިހު ބައިވެރިވުމަށް ނިންމާފައިވާ ކަމަށްވެސް މިއުވާން ވިދާޅުވި އެވެ.

ކޮންމެ އަހަރެއްގެ ޑިސެންބަރު މަހުގެ 10 ވަނަ ދުވަހަކީ، ދިވެހިރާއްޖޭގެ މަސްވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަ ދުވަހެވެ.

މިދުވަސް ފަރެސް މާތޮޑާގައި ފާހަގަކުރަން ނިންމާފައިވާތީ މުޅިރަށް ވަނީ އެދުވަހަށް ތައްޔާރުކޮށްފައެވެ. އަދި އެދުވަހާއި ގުޅުވައިގެން ފަރުމަސް ބޭނުމުގެ މުބާރާތަކާއި މަސްކެނޑުމުގެ މުބާރާތެއްވެސް ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި މިނޫނަސް ގިނަ ހަރަކާތްތަކެއް މިދުވަހާއި ގުޅިގެން ކުރިޔަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *