Search Streamline Icon: https://streamlinehq.com

އަދުނާންގެ ވޮލެޓް ފޭރުނު ދެމީހުން ހައްޔަރުކޮށް މުއްދަތު އިތުރުކޮށްފި

16705049155d

ކޮޅުމަޑޫލު އޮމަދޫ އުމުރުން 75 އަހަރުގެ އަދުނާންގެ ވޮލެޓް މާލޭ މަގުމަތިން ފޭރުނު މައްސަލައިގައި ދެމީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ އަދުނާންގެ އަތުން ފައިސާތަކެއް ފޭރުނު މައްސަލައިގައި ދެމީހަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށެވެ.

މިމައްސަލައިގައި ހައްޔަރުކުރެވުނީ އުމުރުން 34 އަހަރުގެ ދިވެހި ފިރިހެނަކާއި 40 އަހަރުގެ ދިވެހި އަންހެނެކެވެ.

މި ދެ މީހުން ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ މި ދެ މީހުންގެ ބަންދަށްވެސް 45 ދުވަސް ދީފަ އެވެ. 

އަދުނާނުގެ ވޮލެޓް ފޭރިގަތުމުން އެމައްސަލަ ފުލުހުންނަށް ރިޕޯޓްކުރަން ގޮސް އިންދާ އަދުނާން ވަނީ ނިޔާވެފައެވެ. ލަފާކުރެވޭ ގޮތުގައި ލިބުނު ހިތާމައެއްގެ ބޮޑުކަމުން އެކަމާ ކެތްނުކުރެވިގެން މަރުވީއެވެ. ދާދި ފަހުން ހިތުގެ އޮޕަރޭޝަނެއް ކޮށްފައިވާ އަދުނާން އޭނަގެ ވޮލެޓް ފޭރިގަތް ކަމަށް ރިޕޯޓްކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހުގެ ހެދުނުގައެވެ.

ކަންތައް ހިގާދިޔަގޮތް އެއްކޮށް ރިޕޯޓް ނުކުރެވެނީސް އަދުނާނުގެ ހާލު ދެރަވެގެން އައިޖީއެމްއެޗަށް ގެންދިޔައެވެ. އަދި ފަރުވާދެމުންދަނިކޮށް އަދުނާނު ވަނީ ނިޔާވެފައެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *