Search Streamline Icon: https://streamlinehq.com

ޝިޕް ހުރަވީގެ ބަދަލުގައި އިންޑިޔާ ސަރުކާރުން ދެއްވާ ޝިޕް މާލެ އަތުވެއްޖެ

MNDF New Ship

އެމްއެންޑީއެފް ކޯސްޓްގާރޑު ”ޝިޕް ހުރަވީ“ ގެ ބަދަލުގައި އިންޑިޔާ ސަރުކާރުން ހަދިޔާކުރެއްވި އުޅަނދު މާލެއަށް ބަނދަރުކޮށްފި ކަމަށާއި، މި އުޅަނދު ރާއްޖެއަށް ބަނޑަރުކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހުކަމަށް އެންއެންޑީއެފް އިން ހާމަކުރައްވައިފި އެވެ.

އެމްއެންޑީއެފް އިން ހާމަކުރެއްވިގޮތުގައި އިންޑިއާއިން ހަދިޔާކުރި އުޅަނދު މިދިޔަ ހޮނިހިރު ދުވަހު މާލެއަށް ބަނޑަރުކޮށްފައި ވީނަމަވެސް މި އުޅަނދު ރަސްމީކޮށް އެމްއެންޑީއެފްއާއި ޙަވާލުކުރުމަށް ފުރިހަމަކުރަންޖެހޭ ކަންކަން ކުރަމުން އަންނަކަމަށް އެމްއެންޑީއެފް އިން ހާމަކުރައްވަ އެވެ.

އެމްއެންޑީއެފް އިން ހާމަކުރެއްވިގޮތުގައި މިއަންނަ މެއި މަހުގެ ތެރޭގައި މި އުޅަނދު ރަސްމީކޮށް ޙަވާލުކުރުމަށްޓަކައި، ފުރިހަމަކުރަންޖެހޭ ލިޔެކިޔުންތަކުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، އުޅަނދަށް ޢައްޔަންކުރެވޭ ކޯސްޓްގާޑްގެ ސިފައިން، އުޅަނދުގައި ބޭނުންކުރާ މުހިއްމު މެޝިނަރީ އަދި އިކްއިޕްމެންޓްތަކާއި އޮޕަރޭޓިންގ ޕްރޮސީޖާތަކަށް އަހުލުވެރިވުމަށް ކޮންމެހެން ބޭނުންވާ ތަމްރީން ޕްރޮގްރާމްތައް ހިންގަވަމުން ގެންދަވާކަމަށާއި، މިއީ ދެ ހަފްތާގެ ތަމްރީން ތަކެއްކަމަށްވެސް އެމްއެންޑީއެފް އިން ހާމަކުރައްވަ އެވެ.

އެމްއެންޑީއެފް އިން ހާމަކުރެއްވި ގޮތުގައި މި ތަމްރީން ޕްރޮގްރާމް ނިމި ރަސްމީކޮށް އުޅަނދު ޙަވާލުކުރުމުގެ ކަންކަން ނިމުމުން، މި އުޅަނދު މާލެ ގެނައުމުގައި ޙަރަކާތްތެރިވި އިންޑިއަން ނޭވީގެ ކުރޫން އަނބުރާ އިންޑިޔާއަށް ދިއުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެމްއެންޑީއެފް އިން ހާމަކުރައްވަ އެވެ.

އިންޑިޔާއިން ހަދިޔާކުރެއްވި މި އުޅަނދަކީ ހުރަވީއަށްވުރެ ބޮޑު، އޮޕަރޭޝަނަލް ޤާބިލްކަން އިތުރު، އަދި ފަހުގެ އުޅަނދެއްކަމަށާއި، މި އުޅަނދު އެމްއެންޑީއެފަށް ހަދިޔާކުރުމާއެކު ކޯސްޓްގާރޑު ޝިޕް ހުރަވީ ޑީކަމިޝަންކުރާނެ ކަމަށްވެސް އެމްއެންޑީއެފް އިން ހާމަކުރައްވަ އެވެ.

ކޯސްޓްގާޑް ޝިޕް ހުރަވީއަކީ ޚިދުމަތުގައި ގިނަ ދުވަސްތަކެއް ވެފައިވާ އުޅަނދެއްކަމަށާއި، އެހެންކަމުން ހުރަވީގެ ބަދަލުގައި އިތުރު އުޅަނދުފަހަރު ހޯދައި އެމްއެންޑީއެފްގެ އޮޕަރޭޝަނަލް ޤާބިލްކަން އިތުރުކުރުމަކީ ދިވެހި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއް ކަމަށްވެސް އެމްއެންޑީއެފް އިން ހާމަކުރައްވަ އެވެ.

އެމްއެންޑީއެފް ކޯސްޓްގާރޑް ފްލީޓްގައި އޮތް އެންމެ ބޮޑު އަދި ޢަސްކަރީ ގޮތުން އެންމެ ޤާބިލް އުޅަނދު، ކޯސްޓްގާރޑް ”ޝިޕް ހުރަވީ“ އަކީ 2006 ވަނަ އަހަރު އޭޕްރީލް މަހުގެ 16 ވަނަ ދުވަހު އިންޑިޔާ ސަރުކާރުން ރާއްޖެއަށް ހަދިޔާކޮށްފައިވާ އުޅަނދެކެވެ. އެދުވަހުން ފެށިގެން މިއުޅަނދު ކޮންމެ 2 އަހަރަކުން އެއްފަހަރު މަރާމާތުކޮށްދެމުން އަންނަނީ އިންޑިޔާގެ ހިލޭ އެހީގެދަށުންނެވެ.

ޝިޕް ހުރަވީއަކީ މިހާތަނަށް 6 ފަހަރެއްގެ މަތިން އިންޑިޔާގެ ނޭވަލް ޑޮކްޔާޑުގައި ރީފިޓްކޮށް މަރާމާތު ކޮށްފައިވާ އުޅނދެއް ކަމަށްވެސް އެމްއެންޑީއެފް އިން ހާމަކުރައްވަ އެވެ.

އެމްއެންޑީއެފްގެ އޮޕަރޭޝަނަލް ޤާބިލްކަން އިތުރުކުރުމަށްޓަކައި އިންޑިޔާ ސަރުކާރުން 2019 ވަނަ އަހަރުވެސް ވަނީ އިތުރު އުޅަނދެއް ކަމަށްވާ (ސީޖީ ކާމިޔާބު) ހަދިޔާކުރައްވާފައެވެ

Leave a Reply

Your email address will not be published. Required fields are marked *