Search Streamline Icon: https://streamlinehq.com

މަސް ދޯންޏެއްގައި ހުރި ފަޅުވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިއްޖެ

MNDF Masverin

ރާއްޖޭގެ ހުޅަނގު ފަރާތުން 22 ނޯޓިކަލްމޭލު ބޭރުގައި މަސްވެރިކަމަށް ނުކުމެ އުޅުނު މަސް ދޯންޏެއްގައި ހުރި ފަޅުވެރިއެއްގެ ލޮލަށް ބުޅިއެއްހެރުމާއިގުޅިގެން އަވަސް ފަރުވާ ދިނުމަށް ހޮސްޕިޓަލްއަށް ގެންދިއުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދެއްވައިފި އެވެ.

މަސްވެރިކަމުގައި އުޅެނިކޮށް ލޮލަށް ބުޅި ހެރިފައިވަނީ ”އާއިލާ ދޯނި“ ނަމަކަށް ކިޔާ މަސް ދޯންޏެގައި ހުރި އުމުރުން 34 އަހަރުގެ ފަޅުވެރިޔެއްގެ ލޮލަށް ކަމަށް އެމްއެންޑީއެފް އިން ހާމަކުރެއްވި އެވެ.

މި ހާދިސާ ހިނގާފައިވަނީ ދ.ކުޑަހުވަދޫގެ ހުޅަނގު ދެކުނުން 22 ނޯޓިކަލް މޭލު ބޭރުން އެ ދޯނި މަސްވެރިކަން ކުރަމުން ދަނިކޮށް ކަމަށާއި، ފަޅުވެރިޔާގެ ލޮލަށް ބުޅިއެއްހެރުމާއި ގުޅިގެން އަވަސް ފަރުވާ ބޭނުންވާ ކަމުގެ މަޢުލޫމާތު ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ އިއްޔެ މެންދުރު 11:34 ހާއިރު ކަމަށްވެސް އެމްއެންޑީއެފް އިން ހާމަކުރެއްވި އެވެ.

މި މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ކޯސްޓްގާޑު ތާޑް ސްކޮޑްރަންއިން، ހާބަރ ކްރާފްޓުގައި ބަލިމީހާ ވަނީ އިއްޔެ 13:14 ހާއިރު ދ.އަތޮޅު ހޮސްޕިޓަލަށް ގެންގޮސްދީފައިކަމަށްވެސް އެމްއެންޑީއެފް އިން ހާމަކުރެއްވި އެވެ.

Leave a Reply

Your email address will not be published. Required fields are marked *