ކުރީގެ ރައީސް އަބްދުﷲ ޔާމިން ގެ ލޮބުވެތި މަންމާފުޅު ފާތިމަތު ޙަސަން މިއަދު ހެނދުނުގެ ވަގުތެއްގައި އަވަހާރަވެއްޖެއެވެ.
ޢުމުރުފުޅުން 86 އަހަރުފުޅުގައި އެކަމަނާ އަވަހާރަވީ ސިއްހީ ހާލުކޮޅު ދެރަވެ، ލަންކާގައި ފަރުވާހޯދަވަމުންދަނިކޮށެވެ.
ފާތިމަތު ހަސަން އަވަހާރަވީއިރު ހަ ބޭފުޅުން ދުނިޔޭގައި އެބަތިއްބެވެ.
ރައީސް ޔާމީންގެ މަންމާފުޅު އަވަހާރަވީއިރު، އެ މަނިކުފާނު ހުންނެވީ އެމްއެމްޕީއާރުސީގެ މައްސަލައިގައި ޚިޔާނަތުގެ ކުށް ސާބިތުވެ، 11 އަހަރަށް ޖަލަށްލައިފައެވެ. މީގެ ކުރިން އެމަނިކުފާނު ޖަލުގައި ހުންނަވަނިކޮށް ދައްތާފުޅު، މޫމިނާ އަބްދުލްގައްޔޫމް ވެސް ވަނީ އަވަހާރަވެފައެވެ.









