Search Streamline Icon: https://streamlinehq.com

ރިޔާސީ ކެންޑިޑޭޓުންގެ މަންދޫބުންނަށްވުމުގެ ފުރުސަތު ހުޅުވާލައިފި

Photo 2023 08 09 18 53

އަންނަ ސެޕްޓެމްބަރު މަހުގެ 9ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ މަންދޫބުންނަށްވުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލައިފި އެވެ.

ކެންޑިޑޭޓުންނަށް މި ފުރުސަތު ހުޅުވާލަމުން އިލެކްސަން ކޮމިޝަނުން ބުނީ ކެންޑިޑޭޓުންގެ މަންދޫބުންނަށް ވާން ޝައުގުވެރިވާ މީހުންނަށް އެ ފުރުސަތު ހުޅުވާލާފައި ވާކަމަށާއި އެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 17 ވަނަ ދުވަހުގެ މެންދުރު ފަހު 3:00 އާ ހަމައަށް ކަމަށެވެ.

އިންތިޚާބުތަކާބެހޭ އާންމު ޤަވާއިދު ގެ 29 ވަނަ މާއްދާގެ (ހ) އިން ކޮންމެ ކެންޑިޑޭޓަކަށްވެސް ލިބިދޭ މި ފުރުސަތުގެ ދަށުން މަންދޫބުން އައްޔަން ކުރުމަށް ފުރުސަތު ލިބިދޭއިރު، މަންދޫބުންގެ މަސައްކަތަކީ ރިޔާސީ އިންތިޙާގައި ވޯޓު ނެގުން އޮންނަ ދުވަހު، ވޯޓުނެގުމާއި ވޯޓް ގުނުމުގެ ކަންތައްތައް ހިނގާ ނުހިނގާގޮތް ބެލުމަށް، ވޯޓުނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް ހިނގާ ގޮތް ބެލުމެވެ.

މަންދޫބުންގެ ޝަރުތަކުގެ ތެރޭގައި ހިމެނެނީ އުމުރުން 18 އަހަރު ފުރިފައިވާ މީހަކަށްވުމާއި ޖިނާޢީ ކުށެއްގައި ހުކުމެއް ތަންފީޒުކުރާ މީހަކަށް ނުވުމާއި އިންތިހާބާ ބެހޭ މަސައްކަތެއް ކުރުމަށް އީސީގެ ފަރާތުން ހަވާލުވެގެން ހުރި މީހެއް ކަމުގައި ނުވުމާއި ފަނޑިޔާރެއް ނުވަތަ މިނިވަން މުއައްސަސާއެއްގެ މެންބަރެއް ނުވަތަ ވެރިއެއް ކަމުގައި ނުވުމާއި ފުލުހެއް ނުވަތަ ސިފައިންގެ މީހަކަށް ނުވުމުގެ އިތުރުން އިންޚާބީ ކުށެއް ފާއިތުވި 5 އަހަރު ދުވަހުގެ ތެރޭގައި ސާބިތުވެފައިވާ މީހަކަށް ނުވުން ހިމެނެ އެވެ.

އަންނަ މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި 8 ކެންޑިޑޭޓަކު ވާދަކުރައްވާއިރު، މިއީ ރިޔާސީ އިންތިޚާބެއްގައި މިހާތަނަށް އެންމެ ގިނަ އަދަދަކަށް ކެންޑިޑޭޓުން ވާދަކުރާ ފުރަތަމަ ފަހަރެވެ. މިފަހަރު ވާދަކުރާ އަށް ކެންޑިޑޭޓުންނަކީ އެމްޑީޕީގެ ކެންޑިޑޭޓް އަދި މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހީމާއި ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބާއި އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް ކާނަލް މުހައްމަދު ނާޒިމާއި އަމިއްލަ ގޮތުން ވާދަކުރައްވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ފާރިސް މައުމޫންގެ އިތުރުން ހަސަން ޒަމީލެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *