Search Streamline Icon: https://streamlinehq.com

މުއިއްޒުއަކީ ސަލަފުގެ ކެނޑިޑޭޓެއް ކަމަށް ބުނުުމުން އަލީ ރަމީިޒް މާރިޔާއަށް ރައްދު ދެއްވައިފި

Ali Rameez

އިދިކޮޅު ކޯލިޝަނުގެ ރިޔާސީ ކެނޑިޑޭޓް ޑރ.މުހައްމަދު މުއިއްޒަކީ ސަލަފުގެ ކެނޑިޑޭޓެއް ކަމަށް ވިދާޅުވުުމުުން ސަލަފު ޖަމިއްޔާއަށް ނިސްބަތްވާ ދީނީ އިލްމުވެރިޔާ އަލީ ރަމީޒު ރައީސް ސޯލިހުގެ ކެމްޕޭން ތަރުޖަމާނު މާރިޔާ އަހުމަދުދީދީއަށް ރައްދު ދެއްވައިިފިއެވެ.

މިއަދު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި މާރިޔާ ވިދާޅުވީ މުއިއްޒުއަކީ ޕީއެންސީ އަދި ސަލަފުގެ ކެނޑިޑޭޓޭއް ކަމަށާއި އެއީ ޕީޕީއެމްގެ ކެނޑިޑޭޓެއް ނޫން ކަމަށެވެ.

މާރިޔާގެ ވާހަކަތަކަށް ރައްދު ދެއްވަމުން އަލީ ރަމީޒު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ މާރިޔާ އަކީ ޤައުމުގެ ޤައްދާރެއް ކަމަށެވެ.

ދިފާއީ ވަޒީރުގެ މަގާމުގައި ހުރެ ބޭރު ގައުމެއްގެ ސިފައިން އަރައި ރާއްޖެ ހިފިދާނެ ކަމަށް ބުނި މީހަކު (މާރިޔާ) ތިމަންމެން ރައްޔިތުން ގާތަށް މި އަންނަނީ ރައްޔިތުން އެދޭ ކަންކަމާއިގެންނޭ ބުނަން ލަދު ގަންނަން ޖެހޭނެ ކަމަށް އަލީ ރަމީޒް ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުވުމުގައި މާރިޔާ ވިދާޅުވެފައިވަނީ ޕީޕީއެމްގެ ކެނޑިޑޭޓެއް ނެތް ކަމަށާއި މުއިއްޒުއަށް ޕީޕީއެމް މީހުން ސަނާ ކިޔަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އަދި ހަމައެއާއެކު ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ޖަލުގައި އޮންނަވައިގެން އިންތިހާބު ބޮއިކޮޓް ކުރުމަށް އެޕާޓީގެ މެންބަރުންނަށް ގޮވާލާފައިވާކަން މާރިޔާ ފާހަގަކުރެއްވިއެވެ.

މާރިޔާ ވިދާޅުވާ ގޮތުގައި އިދިކޮޅު ކޯލިޝަންގެ މީހުން ރައީސް ސޯލިހުގެ ކެމްޕެއިނަށް ހުރަސް އަޅަނީ ރައްޔިތުންގެ ނަޒަރުގައި އެމަނިކުފާނަކީ ރައްޔިތުންނަށް އިހާނެތިކޮށް ކަންތައް ކުރާ ކެނޑިޑޭޓެއްގެ ގޮތުގައި މަންޒަރު ދައްކާލުމަށެވެ. އެފޮޓޯގެ ބޭނުމުގައި ރައީސް ސޯލިހުގެ ކެމްޕެއިނަށް ހުރަސްއަޅައި ފުލުހުންނާއި ސިފައިންނާއި ކުރިމަތިލާން އިދިކޮޅުން އަންނަނީ ކަމަށް މާރިޔާ ވަނީ ވިދާޅުވެފައެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި