އައްޑޫ ސިޓީ އިން ގޯތިއަށް އެދިފައިވާ ފަރާތް ތަކުގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ފަރާތް ތަކަށް ގޯތިދޭން އައްޑޫ ސިޓީ ކައުންސިލް އިން ނިންމައިފިއެވެ.
އައްޑޫ ސިޓީގެ މޭޔަރ އަލީ ނިޒާރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އައްޑޫ ސިޓީ އިން ގޯތިއަށް އެދިފައިވާ ފަރާތް ތަކުގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ފަރާތް ތަކަށް ގޯތިދޭން އައްޑޫ ސިޓީ ކައުންސިލް އިން ނިންމާފދައިވާ ކަމަށެވެ.
އަދި ފުރަތަމަ ފަހަރަށް ކައިވެނި ނުކޮއް ތިބިކަމުގައި ވިޔަސް ޒުވާނުން ނަށް ގޯތިދޭން ވެސް ކައުންސިލްއިން ވަނީ ނިންމާފައިވާކަމަށެވެ. އަދި ގޯތި ލިބޭ މީހުންގެ ލިސްޓު މާދަން އިއުލާން ކުރެވޭނެކަމަށް ވެސް ނިޒާރު ކުރެއްވި ޓްވީޓުގައި ވަނީ ވިދާޅުވެފައެވެ.
”އައްޑޫ ސިޓީ އިން ގޯތިއަށް އެދިފައިވާ ފަރާތް ތަކުގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ފަރާތް ތަކަށް ގޯތިދޭން ކައުންސިލް އިން ވަނީނިންމާފައި. ފުރަތަމަ ފަހަރަށް ކައިވެނި ނުކޮއް ތިބިކަމުގައި ވިޔަސް ޒުވާނުން ނަށް ގޯތިދޭން ކައުންސިލްއިން ވަނީ ނިންމާފައި. މާދަން ލިސްޓް އިއުލާން ކުރެވޭނެ“. މޭޔަރ އަލީ ނިޒާރު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވެއެވެ.









