ލީބިޔާގައި ހިނގި ގުރޫޕް މާރާމާރީއެއްގައި 27 މީހުން މަރުވެ 100 އެތައް ބަޔަކު ޒަޚަމްވެއްޖެއެވެ.
ލީބިޔާގެ ވެރިރަށް ޓްރޮޕޮލީގެ ދެކުނު ބިތުގައި ހަރަކާތްތެރިވި ހަތިޔާރުއެޅި ދެ ގުރޫޕްގެ ހަމަލާތަކުގައި 27 މީހުން މަރުވެ މިހާތަނަށް 100 އަށްވުރެ ގިނަ ބަޔަކު ޒަޚަމްވެއްޖެއެވެ.
ރިޕޯޓްތައް ބުނާގޮތުން ހަމަލާތައް ފެށުމީ 444 ބްރިގޭޑްގެ ކޮމާންޑަރު މަހްމޫދު ހަމްޒާ ޓްރިޕޮލީގެ މިޓީގާ އެއާޕޯޓުން ފުރަން އުޅެނިކޮށް އިދިކޮޅު ސްޕެޝަލް ޑިޓަރެންސް ފޯސް އިން އޭނާ ހައްޔަރު ކުރުމުންނެވެ. މި ދެ ޖަމާއަތުން އެއްބަޔަކު އަނެއް ބަޔަކަށް ބަޑިއާއި ގޮވާތަކެތިން ހަމަލާ ދިން އިރު ބައެއް އިމާރާތައް ވެސް ވަނީ ގޮއްވާލާފައެވެ.
އދ އިން ގަބޫލު ކުރާ ގުޅިފައިވާ ސަރުކާރާ އެކު ކުރި މަޝްވަރާކުރުމަށްފަހު މި ހަމަލާތައް މިހާރުވަނީ ހުއްޓަލާފައެވެ. ހަމަލާތައް ހުއްޓާލައި ހުރިހާ ފަރާތަކުން އެއްބަސްވީ، އާންމުންނާއި އިމާރާތްތަކާއި ތަކެއްޗަށް ލިބިފައިވާ ގެއްލުން ގުޅިފައިވާ ސަރުކާރުން ވަޒަން ކުރުމަށް ފަހު ބަދަލު ދިނުމަށާއި ހަމްޒާގެ ރައްކާތެރިކަން ކަށަވަރު ކުރުމަށެވެ.
2011 ގައި ނޭޓޯގެ ގައުމުތަކުން ލީބިޔާ އަށް އަރާ އެގައުމުގެ އޭރުގެ ރައީސް ކާނަލް މުއައްމަރުން ގައްޒާފީ އަވަހާރަކޮށްލި ފަހުން ދާހިލީ ހަނގުރާމަ ފެށި، ގިނަ އަދަދެއްގެ މީހުން މަރުވުމުގެ އިތުރުން މުޅި ލީބިޔާ ސުންނާފަތި ވެގެން ދިޔައެވެ. އިމާރާތްތަކާއި ތަކެއްތާއި އުމްރާނީ ވަސީލަތްތައް ފުނޑުފުނޑު ވެގެން ދިޔައެވެ. އެތެރޭގައި އުފެދުނު ގްރޫޕުތަކުން ހަތިޔާރު ނަގައި، އެއްބައެއްގެ މައްޗަށް އަނެއް ބަޔަކު ބާރު ހޯދަން ހަމަލާ ދެމުން ދިޔައެވެ. އޭގެ އަހަރުތަކެއް ފަހުން 2014 ގައި ގުޅިފައިވާ ސަރުކާރެއް އެކުލަވާލައި ސުލްހަވެރިކަން ގާއިމުކޮށްގެން ތިބުމަށް ފަހު މިއީ ހިނގި އެންމެ ބޮޑު ކުރިމަތިލުމެވެ.









