Search Streamline Icon: https://streamlinehq.com

ފްލައިޓެއްގެ ފާހާނަތެރޭ ޕައިލެޓެއް މަރުވެފައި އޮތްވާ ފެނިއްޖެ

Pilot dies in bathroom of Boeing 787 — forcing emergency 750x375

ފްލައިޓެއްގެ ފާޚާނާތެރޭ ޕްއިލެޓް މަރުވެފައި އޮތްވާ ފެނިއްޖެއެވެ.

ފްލޮރިޑާގެ މިއަމި އިން ޗިލީއަށް ދަތުރުކުރަމުންދިޔަ ފްލައިޓުގެ ޕައިލެޓް، އެ ފްލައިޓްގެ ފާޚާނާ ތެރޭ މަރުވެފައި އޮތްވާ ފެނިއްޖެއެވެ. އެހެންކަމުން އެމަޖެންސީގައި ފްލައިޓް ވަނީ ޕެނަމާއަށް ލޭންޑްކޮށްފައެވެ. އެ ފްލައިޓުން 271 މީހުން ދަތުރުކުރި ކަމަށް ރިޕޯޓްތައް ބުނެއެވެ.

މިހާދިސާގައި މަރުވެފައިވަނީ 25 އަހަރު ޕައިލެޓަކަށް އުޅުނު ކެޕްޓަން އިވާން އެންޑޯ ނަމަކަށް ކިޔާ މީހެކެވެ. ރިޕޯޓްތައް ބުނާ ގޮތުން ފްލައިޓް މިއަމީ އިން ނައްޓާލިތާ ދެތިން ގަޑިއިރު ފަހުން އިވާންގެ ސިއްޚީ ހާލަތު ގޯސްވާން ފެށިއެވެ. ފްލައިޓުގެ ފާޚާނާއަށް ވަދެ ގިނަ އިރުވުމުން ބަލާލިއިރު އިވާން އޮތީ ފާޚާނާތެރެޔަށް ވެއްޓިފައެވެ. އެހެންކަމުން ފްލައިޓްގެ ކުރޫއިން ވަނީ އޭނައަށް އެމަޖެންސީ ފަރުވާދީފައެވެ. އެހެންނަމަވެސް އޭރު މާލަސްވެއްޖެއެވެ.

އެމަޖެންސީކޮށް ޕެނަމާއަށް ލޭންޑުކުރުމުން އަވަސް ފަރުވާ ދޭ މީހުން އައިސް އިވާންއަށް ފަރުވާދިނުމުގައި އަވަސްވެގަތެވެ. އެހެންނަމަވެސް އެރަށަށް ގެނެވުނުއިރު އިވާން އޮތީ މަރުވެފައެވެ.

އިވާންގެ މަރާއި ގުޅިގެން އެ އެއަރލައިނުން ވަނީ އެކަމުގެ ހިތާމަ ފާޅުކޮށްފައެވެ. އަދި 25 އަހަރު ދުވަހު އެދާއިރާގައި އުޅުނު ތަޖުރިބާކާރަކު ނެތިވެގެން ދިޔުމުން އެއީ ފޫނުބެއްދޭނެވަރުގެ ދެރައެއް ކަމަށް އެއަރލައިނުން ވަނީ ބުނެފައެވެ.

މިދިޔަ އާދީއްތަ ދުވަހު މިއަމީއިން ފުައިގެން ދަތުރުކުރި ފްލައިޓް ޕެނަމާގައި މަޑުކުރުމަށްފަހު ޗިލީއަށް ފުރީ މިދިޔަ އަންގާރަ ދުވަހުގައެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *