Search Streamline Icon: https://streamlinehq.com

ޔުމްނާ ވިދާޅުވީ އަނިޔާވެރިކަމަށް އަނބުރާ ދާން ބޭނުން ނުވާ ކަމަށް

Yumna Maumoon

އަނިޔާވެރިކަމަށް އަނބުރާ ދާން ބޭނުން ނުވާ ކަމަށް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި ހިމެނޭ ފަރާތްތައް ރާއްޖެއިން ބޭރުގައި ތިބި ފޮޓޯއެއް ޝެއަރކުރަމުން ޔުމްނާ ވިދާޅުވީއަނިޔާވެރިކަން މިހާރު ނިމިފައިވާ ކަމަށާއި އެއަނިޔާވެރި ކަމަށް އަލުން އަނބުރާދާން ބޭނުން ނުވާ ކަމަށެވެ.

 

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޖަލަށްލި ފަރާތްތަކާއި އަމިއްލަ އަށް އަރުވާލެވިގެން ބޭރުގައި ތިބި ފަރާތްތަކުގެ ފޮޓޯއަކާއެކު ޔުމްނާ ކުރެއްވި ޓްވީޓެއްގައި އަނިޔާވެރިކަން ނިމިއްޖެ ކަމަށެވެ.

ރިޔާސީ އިންތިހާބުގައި 8 ކެނޑިޑޭޓުން ކުރިމަތިލާފައިވާއިރު ޔުމްނާ ތާއީދުކުރައްވަނީ ކޮން ފަރާތަކަށްކަން އަދި ހާމަކޮށްފައިނުވެއެވެ. ޔުމްނާގެ ކޮއްކޯފުޅު ފާރިޝް މައުމޫންވެސް އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރެއެވެ.

ޔާމީންގެ ވެރިކަމުގައި ޔުމްނާގެ ބައްޕާފުޅު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި ފިރިކަލުން މުހައްމަދު ނަދީމް ހައްޔަރުކޮށް ޖަލަށްލާފައިވެ އެވެ. އެ ދެ ބޭފުޅުން ހައްޔަރުކުރީ 1 ފެބްރުއަރީ 2018ގައި ސްޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެންނެވެ. އަދި އޭރު މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު ފާރިސް ވެސް ގިނަ ދުވަސްތަކެއް ވަންދެން ޖަލުގައި ދުވަސްތައް ހޭދަކުރައްވާފައިވެ އެވެ.

މި ހުރިހާ ބޭފުޅުން ވެސް ޖަލުން މިނިވަންވެވަޑައިގަތީ ރިޔާސީ އިންތިހާބުން ޔާމީނަށް ނާކާމިޔާބު ލިބުމާއި ގުޅިގެންނެވެ.

ބެލެވޭ ގޮތުގައި އަނިޔާވެރިކަން ނިމިއްޖެކަމަށް ޔުމްނާ ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ހިނގާދިޔަ ކަންތައްތަކަށް ކަމަށެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *