Search Streamline Icon: https://streamlinehq.com

މަސްވެރިންނަށް ލޯނު ހަމަޖައްސައިދީ ރާއްޖޭގައި މަސްކާރުޚާނާއެއް އަޅައިދޭނަން: މުއިއްޒު

Muizzu and Hussain

ރާއްޖޭގައި މަސް ކާރުޚާނާއެއް އަލައިދިނުމަށާއި މަސްވެރިންނަށް ބޭންކުތަކުން ލޯނު ލިބޭނެ ގޮތް ހަމަޖައްސައިދޭނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފިއެވެ.

ރިޔާސީ ކެމްޕެއިނަށް ފ. އަތޮޅަށް ކުރައްވާ ދަތުރުގައި ނިލަންދޫގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ މަސްވެރިކަމަކީ ރާއްޖޭގެ ލޭނާރު ކަމަށާއި މަސްވެރިކަމަށް އަދި މަސްވެރިންނަށް އެމަނިކުފާނުގެ ސަރުކކާރެއްގައި އިސްކަން ދޭނެ ކަމަށެވެ. އެގޮތުން މަސްވެރިންނަށް ބޭންކުތަކުން ލޯނުތައް ނެގޭނެ ގޮތް ހަދައިދީ ރާއްޖޭގައި މަސްކާރުޚާނާއެއް އެޅުމަށް މުއިއްޒު ވަނީ ވައުދުވެފައެވެ.

މުއިއްޒު ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ މީހުންނަކީ ބޭންކުތަކަށް ގޮސްފި ނަމަ، ލޯން ލިބޭ ބައެއް ނޫން ކަމަށާއި ލޯން ނުލިބެނީ އެމީހުންނަކީ މުވައްޒަފުންގެ ގޮތުގައި ބޭންކުތަކުން ބަލައިނުގަންނާތީ ކަމަށެވެ. އަދި މަސްވެރި އުޅަނދުތައް ބަނުމަށް ގެންނަ މެޓީރިއަލް އިން ޑިއުޓީ ނަގާތީ އެކަމުގެ ޝަކުވާ ލިބިފައިވާ ކަމަށާއި ވެރިކަމަށް ވަޑައިގެންފި ނަމަ، މަސްވެރިކަމަށް އުޅަނދު ބަނުމަށް ގެންނަ މެޓީރިއަލް އިން ޑިއުޓީ ކަނޑާލާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މީގެއިތުރުން ދ. އަތޮޅުގެ މާދެލިއަކީ މަސް ކިރުވައި އަދި މަސް ބަންދު ކުރާ ކާރުހާނާއަކަށް ބަދަލުކޮށްލާނެ ކަމަށާއި މަސްވެރިންގެ ކޯޕަރޭޓިވް ސޮސައިޓީއެއް ގާއިމުކޮށ،ް އެ ސޮސައިޓީއަކީ މިފްކޯގެ ހިއްސާދާރަކަށް ހަދައި އެ ސޮސައިޓީގެ ފަރާތުން މިފްކޯގެ ބޯޑްގައި މެމްބަރަކު ހުރެވޭނެ ގޮތް ހަމަޖައްސަވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި