Search Streamline Icon: https://streamlinehq.com

އަޅުގަނޑުގެ ވެރިކަމެއްގައި ބަނޑަށް ކުޅުޖަހައިގެން ތިބޭކަށް ނުޖެހޭނެ: ޤާސިމް

Gasim

ޖުމްހޫރީ ޕާޓީ ރިޔާސީ ކެންޑިޑޭޓް އޮނަރަބަލް ޤާސިމް އިބަރާހިމްގެ ވެރިކަމެއްގައި ރައްޔިތުން ބަޑަށްކުޅު ޖަހައިގެން ތިބެން ނުޖެހޭނެކަމަށް އެ މަނިކުފާނު ވިދާޅުވެއްޖެއެވެ.

ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް ށ. ފުނަދޫ އަށް ވަޑައިގަތުމުން އެރަށުންވަނީ އެމަނިކުފާނަށް ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

ޤާސިމް ވިދާޅުވީ އެމަނިކުފާނ ު ހުންނެވީ ކޯލިޝަންގައި ދެމިހުރުމަށްކަމަށާ، އެހެންނަމަވެސް ރައްޔިތުން ބިކަހާލުގައި ޖެހޭތަންފެނުމުން ހިތަށް ކެތްނުވީކަމަށެވެ.

”ކޮންމެ ވެރިކަމެއްގައިވެސް އަޅުގަނޑަށް އަނިޔާލިބެނީ އަޅުގަނޑު ޙައްޤު ބަސް ބުނާތީ. ކޯލިޝަންގެ ބައިވެރިއެއްގެ ގޮތުގައި ނުހުރެވެނީވެސް ރައްޔިތުންނާއި ނާއިންސާފުން އަނިޔާލިބެމުންދާންފެށުމުން ”

ގާސިމް ވިދާޅުވީ މިސަރުކާރުން ކުރިކަމަކީ ރައްޔިތުންގެ ބޮޅުގައި ބޮޑެތި ދަރަނިތަށް އެޅުވުންކަމަށެވެ. އެގޮތުން ފަސް އަހަރުގެ ދައުރެއް ނުނިމެނީ ޤައުމުގެ ދަރަނި ބޯނުހިކޭވަރަށް އަރާފައިވާކަމަށެވެ.

ޤާސިމް އިތުރަށް ވިދާޅުވީ ރައީސް ސޯލިހަށް ވެރިކަން ލިބިއްޖެނަމަ މި ޤައުމުގެ އަމިއްލަވަންތަކަން ގެއްލޭނެކަމަށެވެ. އަދި އެކަން މިހާރުވެސް ފެންނަކަމަށެވެ. އެގޮތުން  ހަނިމާދޫގައި އިންޑިއާ ސިފައިން ހަރަކާތްތެރިވާކަން ޤާސިމްވަނި ފާހަގަ ކުރައްވާފައެވެ.

ޤާސިމްގެ މިދަތުރުފުޅުގައި ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު ވެސް އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންފައި ވެއެވެ. އަދި ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދާއި، ކުރީގެ ހޯމް މިނިސްޓަރ އަޙްމަދު އަޒުލީނާއި، މަޖިލިސް މެންބަރު އަލީ ޙުސައިންގެ އިތުރުން ޖޭޕީގެ އިސްވެރިން ބައިވެރިވެއެވެ.

 

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *