Search Streamline Icon: https://streamlinehq.com

ޑރ.މުއިއްޒުގެ މެނިފެސްޓޯގައި ހިމެނޭ ބޯހިޔާވަހިކަމުގެ ޕްލޭންތައް މިރޭ އިއުލާންކުރަނީ

Muizzu

އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓް ޑރ.މުހައްމަދު މުއިއްޒުގެ މެނިފެސްޓޯއާ އެކީ ބޯހިޔާވެހިކަން ފޯރުކޮށްދިނުމަށް ކުރަން ނިންމާފައިވާ ކަންތައްތަކުގެ ޕްލޭން މިރޭ އިއުލާނު ކުރާނެ ކަމަށް އިދިކޮޅު ކޯލިޝަނުން ވިދާޅުވެއްޖެއެވެ.

އިދިކޮޅުން ވިދާޅުވި ގޮތުގައި އެކޯލިޝަނުގެ ރިޔާސީ ކެނޑިޑޭޓްގެ މެނިފެސްޓޯ އިފްތިތާހުކުރުން އޮންނާނީ  މިރޭ 8:30 ގައި ހުޅުމާލޭ ފޭސް 2 ގެ 1 ނަންބަރު ސްޓޮޕް ކުރިމަތީގައި އޮންނަ ހުސް ބިމުގައެވެ.

މެނިފެސްޓީ ނެރޭނީ އެކި ބައި ބަޔަށް ބަހާލައިގެން ކަމަށާއި އެ ބައިތައް ކުރިއަށް ދުވަސްތަކުގައި ހާމަވެގެންދާނެ ކަމަށް ވެސް އިދިކޮޅުން ބުނެއެވެ.

އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ގެންދަނީ ރިޔާސީ އިންތިހާބަށް ފޯރީގައި ކެމްޕެއިން ކުރަމުން ނެވެ. އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވަރަށް ފަހުން ވަނީ މ،ވ އަދި ކ. އަތޮޅަށް ވަޑައިގެންފައެވެ. މުއިއްޒު ވަޑައިގެން ކޮންމެ ރަށަކުން ވެސް އެމަނިކުފާނަށް ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

ރައްޔިތުން މިސްަރުކާރު ނޫން އެހެން ގޮތަކަށް، ބަދަލަކަށް ވިސްނާކަން މުއިއްޒު ވަޑައިގަންނަވާ ހުރިހާ ރަށަކުން ފެންނަމުންދާކަމަށް އިދިކޮޅުން ބުނެއެވެ.

މުއިއްޒުގެ ރަނިން މޭޓް ސެންބެ ވެސް ކެމްޕެއިންނަށް ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ދަނީ ދަތުރުކުރައްވަމުން ނެވެ. އެގޮތުން އެންމެ ފަހުން ވަޑައިގެންނެވީ ހުވަދު އަތޮޅަށެވެ. އެ އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމާލައްވާފައި އައްޑޫއަށް މިއަދު ވަނީ ވަޑައިގެންފައެވެ. އައްޑޫއަށް ކުރައްވާ ދަތުރުފުޅުފައި އެ ސިޓީގެ ހުރިހާ އަވަށަކަށް ސެންބެ ވަޑައިގަތުމަށް ހަމަޖެހިފައި ވެއެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި