Search Streamline Icon: https://streamlinehq.com

އިންޑިޔާއަށްވުރެ ކުރިން ރެކޯޑް ހަދަން އުޅުމުން ރަޝިޔާއިން ފެއިލްވެއްޖެ

India

އިންޑިޔާއަށްވުރެ ކުރިން ހަނދުގެ އަނދިރިފަރާތަށް ތިރިކޮށް ރެކޯޑް ހަދަން އުޅުމުން ރަޝިޔާއިން ހަނދަށް ފޮނުވި އުޅަނދު ވެއްޓި ގޮވައިފިއެވެ.

އިންޑިޔާއިން ވަނީ ޗަންދްރަޔާން 3′ ގެ ނަމުން ނަންދީފައިވާ އުޅަދެއް ހަނދަށް ފޮނުވާފައެވެ. މިއުޅަނދު އަންނަ ބުދަދުވަހު ހަނދަށް ތިރިކުރާނެއެވެ. އިންޑިއާގެ ސްޕޭސް ރިސާޗް އޯގަނައިޒޭޝަނުން ބުނެފައި ވާ ގޮތުގައި، ތާވަލާ އެއްގޮތަށް ގޮސްފިނަމަ އެގައުމުގެ އުޅަނދު ހަނދުގައި ޖައްސާނީ އަންނަ ބުދަދުވަހު ކަމަށާއި މި ދަތުރުގައި ދުނިޔޭގެ ރެކޯޑް ހެދޭނެ ކަމަށް އުއްމީދު ކުރާ  ކަމަށެވެ. އެގައުމުގެ އުޅަނދު ޖައްސަން ނިންމާފައި އޮތީ ހަނދުގެ އަނދިރި ފަރާތަށެވެެ. އެފަރާތަށް އަދި އެއްވެސް ގައުމެއްގެ އުޅަނދެއް ގޮސްފައެއް ނުވެއެވެ.

އިންޑިޔާއިން ހަނދަށް ފޮނުވި އުޅަނދަށް ވުރެ ކުރިން ހަނދުގެ އަނދިރި ފަރާތަށް ތިރިކުރަން އުޅުނު ރަޝިޔާގެ އުޅަނދު ތިރިކުރަން އުޅުމުގެތެރޭ ވެއްޓި ގޮވައިފިއެވެ. މިއީ ސޯވިއެޓް ޒަމާނަށް ފަހު، 47 އަހަރު ފަހުން ހަނދަށް އުޅަނދެއް ފޮނުވަން ރަޝިޔާއިން މަސައްކަތްކުރި ފުރަތަމަ ފަހަރެވެ.

ރަޝިއާގެ ސްޕޭސް ކޯޕަރޭޝަން، ރޮސްކޮސްމޮސް އާއި ހަވާލާދީ ރިޕޯޓްތައް ބުނާގޮތުން ރަޝިޔާގެ އުޅަނދު ހަނދަށް ތިރިކުރަން އުޅުމުގެ ތެރޭ ސިގްނަލް ކަނޑައިގެން ދިޔައީ ޖީއެމްޓީ ގަޑިން މިއަދު 11:57 ގައެވެ. އެހެންކަމުން އެ އުޅަނދު ހަނދަށް ތިރިކުރަން އުޅުމުގެތެރޭ ގުޅުން ކެނޑި އުޅަނދު ވެއްޓި ގޮވީ ކަމަށް ވަނީ ނިންމާފައެވެ.

އެހެންނޫންނަމަ މާދަމާއަކީ މާދަމާ އަކީ ’ލޫނާ 25‘ ގެ ނަމުން ނަންދީފައި ވާ އެ އުޅަނދު ހަނދުގައި ޖައްސާނެ ދުވަހެވެ.

ރޮސްކޮސްމޮސް އިން ބުނީ، އުޅަނދާ ގުޅުން ކެނޑި އޭތި އޮންނަންވީ މިސްރާބު ކަސިޔާރުވެ ހަނދުގެ ބިމުގައި ޖެހި ގޮވާފައި ވާކަމަށެވެ.

މިއަދު ވެއްޓި ގޮވި ރަޝިއާގެ އުޅަނދަކީވެސް ހަނދުގެ އަނދިރި ފަރާތަށް ޖައްސަން މަސައްކަތް ކުރި އުޅަނދެކެވެ.

ސޯވިއެޓް ޒަމާނުގައި ރަޝިއާ އަކީ، ސްޕޭސް ޓެކްނޮލިޖީގައި އެހެން ގައުމުތަކާ ވާދަ ކުރި އަދި ދުނިޔޭގެ އޯބިޓަށް އެންމެ ފުރަތަ ސެޓެލައިޓެއް އެރުވި ގައުމުގެ ޝަރަފުވެސް އޮތް ގައުމެކެވެ. 1957 ގައި އެރުވި އެ ސެޓެލައިޓަކީ ’ސްޕްޓްނިކް 1‘ އެވެ. ހަމަ އެއާއެކު ސްޕޭސް އަށް އެންމެ ފުރަތަމަ ދަތުރު ކުރި އިންސާނާގެ ލަގަބުވެސް އޮންނަނީ ސޯވިއެޓް ޔޫނިއަން އަށެވެ. އެއީ ރަޝިއާ އަށް ނިސްބަތްވާ ޔޫރީ ގަގާރިންއެވެ. އޭނާ ސްޕޭސް އަށް ދިޔައީ 1961 ގައެވެ. އޭގެފަހުން ރަޝިއާއިން ހަނދަށް ދިޔުމުގެ އެއްވެސް މިޝަނެއް ކުރިއަށް ގެންގޮސްފައެއް ނުވެއެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *